އެލާޓް ނެރެފައިވަނީ ރ އަތޮޅުން ފެށިގެން އަދ އަތޮލާއި ހަމައަށެވެ. މި އެލާޓް ނެރެފައިވަނީ ހެނދުނު 06:30 އިން 11:30 ގެ ނިޔަލަށެވެ. މި ވަގުތުގައި އެލާޓް ނެރެފައިވާ ސަރަހައްދުތަަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނީ މިދުވަސްވަރަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށެންދާ ދުވަސްވަރުކަމުން ރާއްޖޭގެ ދެކުނުން އުފެދޭ ވިއްސާރަ ވިލާތައް ދެކުނުހެ އަތޮޅުތަކަށް އަރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.
މެޓް އޮފީހުން ބުނީ މާދަމާގެ ނިޔަލަށް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެކަމަށް ބެލެވޭއިރު ބައެއް ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ.