
ކުރުނބާ ރިސޯޓްގައި ހެނދުނު އޮތް ރަސްމިއްޔާތުގައި އެ އިފުތިތާހުކޮށް ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މިސްފީ އަކީ މެލޭޝިއާގެ ބޭންކް އިސްލާމްގެ ސަދަގާ ހައުސްގެ މައްޗަށް ޔުނިވަސިޓީ އޮފް ސެލެންގޯ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގުޅިގެން ކުރި ދިރާސާތަކަށް ފަހު ލޯންޗްކުރި އިނިޝިއޭޓިވެކެވެ.
މި ރަސްމިއްޔާތުގައި ރައީސް ދެއްކެވިވާހަކަފުޅުގައި ވިދާޅުވީ އިސްލާމިކް ފައިނޭންސް ފުޅާކުރުމަކީ ސަރުކާރުގެ ނެޝަނަލް ޑިވަލޮޕްމެންޓް ޕްލޭންގައި ހިމެނޭ މުހިއްމު ބައެއް ކަމަށެވެ. އަދި ރާއްޖޭގެ މާލީ ދާއިރާ ފުޅާކޮށް، އިގްތިސާދަށް އިންގިލާބީ ބޮޑު ބަދަލެއް ގެނައުމަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭސިންގެ އިނީޝީއޭޓިވް" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ، މިމަޝްރޫއަކީ އެމްއެމްއޭގެ 2025 އިން 2027ގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމެނޭ މުހިއްމު އަމާޒެއްކަމަށެވެ. އަދި މިމަޝްރޫއަކީ ރާއްޖޭގެ މާލީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދާނެ މަޝްރޫއެއްކަމަށްވެސް ގަވަރުނަރުވަނީ ވިދާޅުވެފަ އެވެ.
މި ރަސްމިއްޔާތުގައި ޔުނިވަރސިޓީ އިސްލާމް ސެލެންގޯރގެ ވައިސް ޗާންސެލަރ މުހައްމަދު ފަރީދު ރާވީ ބިން އަބްދުﷲ އިސްލާމިކް ފައިނޭންސިންގެ ކާމިޔާބީއާއެކު މުޖުތަމަޢުގައި ނާޒުކު ހާލަތުގައި އުޅޭ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.