ads
ކާޑެއްދޫ އެއާޕޯޓު
ކާޑެއްދޫ އެއާޕޯޓް ސަރުކާރާ ހަވާލުކުރަން ވިލާއިން ހުށައެއް ނާޅާ: އަމީން
ގދ. ކާޑެއްދޫ އެއާޕޯޓް އަނބުރާ ސަރުކާރާ ހަވާލުކުރަން އެތަން ހިންގާ ވިލާ ކުންފުނިން އެއްވެސް ހުށަހެޅުމެއް ސަރުކާރަށް ރަސްމީކޮށް ހުށަހަޅާފައި ނުވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

ކާޑެއްދޫ އެއާޕޯޓުން އެކަށީގެންވާ އާމްދަނީއެއް ނުލިބި އެތަނުން ގެއްލުންވަމުންދާކަމަށް ވިދާޅުވެ ރަނގަޅު ހުށަހެޅުމެއްގެ ދަށުން ސަރުކާރަށް އެތަން ދޫކޮށްލަން ތައްޔާރު ހުންނެވިކަމަށް އެތަން ހިންގާ ވިލާ ކުންފުނީގެ ވެރިޔާ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ. 

އެ ވާހަކަތަކާއި ގުޅިގެން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ މިއަދު ވަނީ ރައްޔިތުން މަޖިލީހުގައި މިނިސްޓަރު އަމީނާއި ސުވާލުކުރައްވާފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ އެ ވާހަކަތައް ސޯޝަލް މީޑިއާއިން ކޮންމްވެސް ވަރަކަށް އަޑުއަހާފައިވާކަމަށެވެ. އެހެންނަމަވެސް ކާޑެއްދޫ އެއާޕޯޓް ސަރުކާރާއި ހަވާލުކުރަން ރަސްމީކޮށް ވިލާއިން އެއްވެސް ހުށަހެޅުމެއް މިހާތަނަށް ސަރުކާރަށް ހުށަހަޅާފައި ނުވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ. 

" ރަސްމީ ސިފައެއްގައި ތިކަހަލަ އެއްވެސް ހުށަހެޅުމެއް އައިސްފައެއް ނެތް. ކެމްޕޭން ތެރޭގައި ސޯޝަލް މީޑިއާގައި ހިނގަމުންދާ ކަމަކަށް އަޅުގަނޑަށް ދަތި އެއްޗެއް ދަންނަވަން،" އަމީން ވިދާޅުވިއެވެ.

މިނިސްޓާރު އަމީން ވިދާޅުވީ ކާޑެއްދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ ވިސްނުން ރައީސް މުހައްމަދު މުއިއްޒު ގެންގުޅުއްވާކަމަށެވެ. އެ ވިސްނުމާ އެއްގޮތަށް އެތަން ތަރައްގީ ކުރަން ވިލާއާ އެކު މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް އަމީން ވިދާޅުވިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ރައީސް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ވިދާޅުވީ ތިނަދު އާއި ކާޑެއްދޫ ގުޅުވާލައި ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަލް ކުރުމަށް ސަރުކާރުގެ ޕްލޭނެއް އޮތްކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ވިލާ ކުންފުނި އަތުން ކާޑެއްދޫ އެއާޕޯޓް އަތުލިއެވެ. އެހެންނަމަވެސް އެ މައްސަލަ ވިލާއިން ކޯޓަށް ހުށައެޅުމުން ކޯޓުން ނިންމީ ވިލާއަށް ދިނުމަށެވެ. އެ ނިންމުމާއި އެއްގޮތަށް މިދިޔަ ސަރުކާރުގެ ވެރިކަމުގެ ތެރޭ ވިލާ ކުންފުންޏާއި އެތަން ހަވާލުކުރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް