މިއަދު ރައްޔިތުން މަޖިލީހުގައި ވާހަކަ ދައްވަމުން މެމްބަރު ތާރިގު ވިދާޅުވީ ރާއްޖެއާއި ކައިތިން އިންޑިއާއާއި ޕާކިސްތާނު ތޮޅެމުންދާ މި ދަނޑިވަޅަކީ ސިޔާސީ ގޮތުން މަގުމައްޗަށް ނުކުމެ ހަލަބޮލިކަން ގެންނަވީ ވަގުތެއް ނޫންކަމަށެވެ. އެގޮތުން ޕީޕީއެމް، ޕީއެންސީ އިދިކޮޅުގައި އޮތް އިރު އެމްޑީޕީގެ ވެރިކަން ވައްޓާލަން މަސައްކަތް ނުކުރައްވާކަމަށާއި ހަމައެކަނި ދެއްކީ އޭރު ސަރުކާރުން ކުރި ގޯސްކަންތަކުގެ ވާހަކަތައް އެކަނިކަމަށް ތާރިގު ވިދާޅުވިއެވެ. އަދި ގައުމު ހަލަބޮލިކޮށް އެތެރޭގެމަސްލަހަތު ނަގާލުމަކީ މި ގައުމަށްޓަކައި ކުރެވޭނެ އެންމެ ނުބައި ކަންތައްކަމަށެވެ.
ތާރީގް ވިދާޅުވީ ރައްޔިތުން މި ވެރިކަން ގެނާއި އޭރުގެ އިދިކޮޅުގައި އޮތް ޕީޕީއެމް ޕީއެންސީން ދެއްކި ވާހަކަތައް އަޑުއަހައިގެންކަމަށެވެ. އެހެންކަމުން މި ވެރިކަންކުރަން ފަސްއަހަރު ދީ ވޯޓް އަންނަން ދެން މަޑުކުރަން ތާރިގު ވަނީ އެމްޑީޕީއަށް ގޮވާލާފައެވެ.
ތާރީގު ވިދާޅުވީ ދޭތެރެ މެދުން ވެރިކަން ވެއްޓުމަކީ ގައުމަށް ލިބިގެންދާނެ ގެއްލުމެއްކަން އެކަން ދިމާވެފައިވާ އެމްޑީޕީން ގަބޫލުކުރަން ޖެހޭނެކަަމަށެވެ. އެހެންކަމުން އެގޮތަށް މަސައްކަތް ނުކުރުމަށް ތާރިގް ވަނީ އިދިކޮޅު އެމްޑީޕީއަށް ގޮވާލާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;