މިނިސްޓަރު އަމީން މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގައި މެމްބަރުން ކުރިމަތިކުރެއްވި ސުވާލުތަކަށް މިއަދު ޖަވާބު ދެއްވަމުންނެވެ.
އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަކީ ސަރުކާރުގެ ވައުދެކެވެ.
އެތެރޭގެ އުދުހުންތަކުގެ އަގު ރައްޔިތުން އަތްފޯރާ އަގަށް ނުދާކަމަށް ބުނެ މަޖިލީހުގެ ފުވަމުއްލަކު ދެކުނު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހީމް ހުސައިން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ އަގު ކުޑަކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. މިނިސްޓަރު ވިދާޅުވީ މި ވަގުތަކީ ހުރިހާ ހަރަދެއްވެސް ބޮޑުވެފައިވާ ވަގުތެއްކަމަށެވެ.
ޓިކެޓްގެ އަގު ހެޔޮކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވި ނަމަވެސް އެކަމުގެ ތަފްސީލެއް މިނިސްޓަރު އަމީން މިއަދު މަޖިލީހުގައި ނުދެއްވައެވެ.