
މި މަގާމަށް އަސްނާ ހަމްދީ އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވީ، ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު އިމާދު މިދިޔަ މަހުގެ 17 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މާލިއްޔަތު ކޮމިޓީން މިއަދު އަސްނާއާ އިންޓަވިއު ކުރުމަށްފަހު، އޭނާގެ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު ނިންމާފައިވަނީ އޭނާއަކީ މަގާމަށް ގާބިލު ފަރާތެއްކަމަށެވެ. މާލީ ދާއިރާގައި 20 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އަސްނާ، އެމްއެމްއޭގެ ހިދުމަތާ ގުޅިވަޑައިގަތީ 2008 ވަނަ އަހަރުއެވެ. އޭގެފަހުން އޭނާ ވަނީ އެމްއެމްއޭގެ އެކި މަގާމުތައް ފުރުއްވާފައެވެ.
އަސްނާ ވަނީ މެލޭޝިއާގެ ޔުނިވަރސިޓީ އޮފް އީސްޓްލަންޑަންއިން ބެޗްލަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައެވެ. އަދި އޭނާ ވަނީ މެލޭޝިއާގެ ޔުނިވަރސިޓީ އޮފް ނޮޓިންގހަމްއިން މާސްޓަރސް އިން ބިޒްނަސް ފައިނޭންސް ހާސިލުކުރައްވާފައެވެ.