ads
ދ. ވާނީ ޕޮލިސް ޓްރެއިނިން ސެންޓަރު
ޕޮލިސް ޓްރޭނިން ހަދަނިކޮށް ހާލުދެރަވި އޮފިސަރުގެ "ސިކުނޑި ވަނީ މަރުވެފަ": މަސްދަރު
ޕޮލިސް ޓްރޭނިންގައި ހާލުދެރަވި އޮފިސަރު ސިކުނޑި އެއްކޮށް މަރުވެފައިވާ އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ލިބިއްޖެއެވެ.
Advertisement

މައުލޫމާތު ލިބިފައިވާގޮތުގައި އެނާ ވެންޓިލޭޓަރުން މިހާރު ވަނީ ނަގާފައެވެ. އަދި އޭނާ މަރުވިކަމަށް ކަނޑައެޅުމަކީވެސް އެކަށީގެންވާކަމެއްކަމަށް މަސްދަރުން މިއަދު ބުންޏެވެ. 

"އޭނާ 48 ގަޑިއިރު ވަންދެން ވެންޓިލޭޓަރުގައި ބޭއްވީ ހާލު ރަނގަޅުވޭތޯ. އެކަމަކު ނެގީ. ސިކުނޑިވަނީ މަރުވެފަ،" ކަމަށް ސީއެންއެމްއާ ވާހަކަ ދެއްކި މި މައުލޫމާތު އެނގޭ މަސްދަރަކުން ބުންޏެވެ.

އޭނާ މަރުވިކަން ފުލުހުން ޔަގީން ނުކޮށްދިން ނަމަވެސް، ފުލުހުން ބުނެފައިވަނީ ތަމްރީނުތައް ހަދަމުން ދަނިކޮށް ހާލު ދެރަވި ފުލުސްގެ ކުއްޖާގެ ހާލު އަދިވެސް ވަރަށް ސީރިއަސްކަމަށް ފުލުހުން މިއަދު ބުނެފައިވެއެވެ. 

ފުލުހުން މި މައްސަލައިގައި ބުނީ، އޮފިޝަލް ގުރޫޕުގައި މި މައްސަލައިގެ ތަފްސީލު ހާމަކުރާނެކަމަށެވެ. 

ފުލުހުން ކުރިން ބުނީ މި ފުލުސް ކުއްޖާގެ ހާލު ސީރިއަސްވީ ދ. ވާނީގައި ތަމްރީން ހަދަމުންދަނިކޮށްކަމަށެވެ. 

އެ ކުއްޖާއަށް އަދިވެސް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗް ވެންޓީލޭޓަރުގައި ބާއްވައިގެންކަމަށް ފުލުހުން ބުނެއެވެ. އަދި ކުއްޖާގެ ހާލު ސީރިއަސްކަމަށްވެސް ފުލުހުން ބުނެއެވެ. އެހެންނަމަވެސް ފުލުސް ކުއްޖާއަށް ދިމާވީ ކޮންކަމެއްކަމެއް އަދި އޭނާގެ ހާލު ދެރަވީ ކީއްވެގެންކަމެއް މިހާތަނަށް އަދި ފުލުހުން ނުބުނެއެވެ.

ފުލުހުންގެ ތަމްރީނު ހަދަމުންދަނިކޮށް ހާލު ދެރެވެގެން ފަރުވާދެމުން ދަނީ ފުލުހުންގެ ހިދުމަތާއި އަލަށް ގުޅުނު ރެކްރޫޓްއަކަށެވެ. 

އެ ފުލުސް މީހާގެ ހާލު ދެރަވެގެން ފުރަތަމަ ފަރުވާދިނީ ދ. ކުޑަހުވަދޫ ހޮސްޕިޓަލަށްކަމަށް ފުލުހުން ވަނީ ބުނެއެވެ. އަދި އޭނާއަށް އިތުރު ފަރުވާދިނުމަށް މާލެ ގެނެސް އައިޖީއެމްއެޗަށް ބަދަލުކުރީ މިދިޔަ އާދިއްތަ ދުވަހުކަމަށް ފުލުހުން ބުނެއެވެ. 

ފުލުހުންނާއި ސިފައިންގެ ތަމްރީނު ތަކުގައި މަދުންނަމަވެސް ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަ ހުއްޓެވެ. އެގޮތުން ބައެއް މީހުންގެ ފުރާނަވެސް ގެއްލިފައިވެއެވެ. 

10%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
72%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް