ads
ވާނުވާ ބަންދުގައި ތިބޭ މީހުންނަށް ވަކާލާތު ކުރާ މީހުންނާ ރައީސް މުއިއްޒު ބައްދަލުކުރެއްވުން
ވާނުވާ ބަންދުގައި ތިބޭ މީހުންނަށް އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ހިޔާލު
ވާނުވާ ބަންދުގައި ތިބޭ މީހުންނަށް އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއް ގާއިމުކުރުމުގެ ހިޔާލު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހެޅައިފިއެވެ.
Advertisement

މި ހިޔާލު ހުށަހެޅީ ވާނުވާ ބަންދުގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރާ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާއާ މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމުގައެވެ.

ބައްދަލުވުމުގައި ވަކާލާތުކުރާ ފަރާތްތަކުން ހުށަހެޅި ގޮތުގައި، ވާނުވާ ބަންދުގައި ތިބޭ މީހުންނަށް އިލެކްޓްރޯނިކް ވަސީލަތެއްގެ އެހީގައި މޮނިޓަރކުރެވޭނެ ނިޒާމެއް ގާއިމުކޮށް، އެއް ފުރުސަތު ދިނުމަށް ފެންނަކަމަށް ބުނެފައިވެ،" -ރައީސް އޮފީސް-

މިފަދަ ފަރާތްތަކުގެ މައްސަލަތައް އަވަހަށް ބެލޭނެ އިންތިޒާމެއް ހަމަޖެއްސުމަށް، ކޯޓުތަކަށް އިދާރީ ގޮތުންނާއި ޖާގައިގެ ގޮތުން ބޭނުންވާ ކަންކަންވެސް ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން، ވާނުވާ ބަންދުގައި ތިބޭ މީހުންގެ އިންސާނީ ކަރާމާތް ހިފެހެއްޓުމަށް އިސްލާމްދީނުގައި އޮންނަ ރިވެތި އުސޫލުތަކަށް ރިއާޔަތްކުރުމަށްވެސް ގޮވާލާފައިވެއެވެ.

ރައީސް މުއިއްޒު މި ހުށަހެޅުމަށް އިޖާބަދެއްވަމުން ވިދާޅުވީ، ފުރިހަމަ ކަފާލާތުގެ ނިޒާމެއް ގެނައުމަކީ ސަރުކާރުގެ މައި ސިޔާސަތެއްކަމަށާއި، މޮނިޓަރކުރެވޭނެ ނިޒާމެއްގެ ތެރެއިން އެއް ފުރުސަތު ދިނުމުގެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލް އަދި އެޓަރނީ ޖެނެރަލާ މަޝްވަރާކޮށް ބައްލަވާނެކަމަށެވެ. އަދި ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، ވަގުތީގޮތުން މައްސަލަތައް އަވަހަށް ބެލޭނެ އިންތިޒާމެއް ހަމަޖެއްސުމަށްވެސް މަސައްކަތްކުރާނެކަމަށް ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް