ads
އައްބާސް
ކުރީގެ އެއާޕޯޓުތައް ފެނުމުން ކަރުނަ އަޅާވަރުވޭ: އައްބާސް
ރާއްޖޭގައި ކުރިން އަޅާފައި ހުރި ޑޮމެސްޓިކް އެއާޕޯޓުތައް މިހާރު ވަނީ "ބަޔަކު ލޮލުން ކަރުނަ އަޅާ ވަރަށް" ވީރާނާވެ، މަރާމާތަށް ބޭނުންވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
Advertisement

މިއަދު މަޖިލީހުގައި ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ ބިލަށް ބަހުސްކުރައްވަމުން އައްބާސް ވިދާޅުވީ، ކުރިން އަޅާފައި ހުރި އެއާޕޯޓުތައް ތަރައްގީވުމުގެ ބަދަލުގައި އެއް ދުވަހުން އަނެއް ދުވަހަށް ހާލަތު ދަށަށް ދަމުންދާ ކަމަށެވެ.

އައްބާސް ވިދާޅުވި ގޮތުގައި ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ރ. އިފުރު އެއާޕޯޓުގެ ހާލަތު ވަރަށް ދަށެވެ. އެ އެއާޕޯޓުގައި އިށީންނަން ހުންނަ ގޮނޑިތަކުގެ ހާލަތު ވެސް ދަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ނ. މާފަރު އެއާޕޯޓުގެ ހާލަތު ވެސް ވަރަށް ދަށް ކަމަށް ވިދާޅުވެ، "ތަށިމުށިގަނޑު ނެތި ތަޅުންގަނޑަށް ވެފައި އެ އެއާޕޯޓު މިހާރު އެއޮތީ. އަދި އެ އެއާޕޯޓަށް އަރައިފައިބާ މީހުން ޓާމިނަލުން ނުކުމެ އިށީނދެލާނެ ރަނގަޅު އިންތިޒާމެއް ވެސް ހަމަޖެހިފައެއް ނެތް" ކަމަށް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ ރާއްޖޭގައި މިހާރު ހދ. އާއި، ހއ. އާއި، ށ. އަތޮޅާއި ރ. އަތޮޅުގައި ތިން ހަތަރު ފަސް އެއާޕޯޓު އަޅަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ. އެގޮތުން ށ. ފުނަދޫން 15 މިނެޓުން ދެވޭ ށ. މިލަންދޫގައި ވެސް އެއާޕޯޓު އަޅާ މަންޒަރު ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ. އެއާޕޯޓު އެޅުމާ ދެކޮޅެއް ނޫން ކަމަށާއި، ނަމަވެސް އެއާޕޯޓެއް އަޅާނަމަ އެކަމާ ގުޅޭ ދިރާސާތަކެއް ކޮށް، އެއާޕޯޓު އެޅުމުގެ ހަރަދު ވެސް ލިބޭނެ ގޮތަކަށް ބަލަންޖެހޭ ކަމަށް އައްބާސް ވިދާޅުވިއެވެ. އަދި ވެލިދޫ، ހޮޅުދޫ، ފޮއްދޫ ރައްޔިތުންގެ އެދުންތަކާ އެއްގޮތްވާ ގޮތަށް ނ. ވިހަފަރު އެއާޕޯޓު އަޅުއްވާދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.

އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރެއްވި ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، އެމްޑީއޭއަކީ މިހާރު ސަރުކާރު ކޯލިޝަނުގެ ބައިވެރިއެއް ނޫންކަމަށެވެ. މިއާއެކު އެމްޑީއޭ މެންބަރުންގެ ފާޑުކިއުން ސަރުކާރަށް އަމަޒުވާ މިންވަރު ވަނީ އިތުރުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް