ads
ވޭޕްކުރުން: ފޮޓޯ ވީޑިއޯހައިވް
އޭޕްރީލް މަސް: ވޭޕް ގެންގުޅެގެން 192,500 ރުފިޔާގެ ޖޫރިމަނާ
ނިމިދިޔަ އޭޕްރީލް މަހު ވޭޕް ގެންގުޅުމާއި ބޭނުންކުރުމުގެ މައްސަލަތަކުގައި 39 މީހަކު ޖުމްލަ 192,500 ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުންގެ ބުނެފިއެވެ.
Advertisement

މާރިޗު މަހާ އަޅާބަލާއިރު އޭޕްރީލް މަހު ވޭޕާ ގުޅުންހުރި މައްސަލަތައް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. މާރިޗު މަހު ވޭޕް ގެންގުޅުމާއި ބޭނުންކުރުމުގެ މައްސަލަތަކުގައި 27 މީހަކު 123,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ.

ފުލުހުންގެ ހާމަކުރި މައުލޫމާތުގައިވާ ގޮތުން، މާރިޗު މަހު ވޭޕް ބޭނުންކުރުމުގެ މައްސަލަތަކުގައި 82,000 ރުފިޔާގެ ޖޫރިމަނާ ކޮށްފައިވާއިރު، ވޭޕް ގެންގުޅުމުގެ މައްސަލަތަކުގައި 41,000 ރުފިޔާގެ ޖޫރިމަނާ ކޮށްފައިވެއެވެ. ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ވިއްކުމާއި ހިލޭބެހުން މަނާކޮށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފަށާފައިވަނީ 15 ޑިސެންބަރު 2024 ވަނަ ދުވަހުން ފެށިގެންނެވެ.

ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތައް އެތެރެކޮށްފިނަމަ 50,000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ ވޭޕަކަށް 10,000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެއެވެ. ގާނޫނާ ހިލާފުވާ ފަރާތްތަކަށް ފުލުހުން ވަނީ މޯބައިލް ފޯނުގެ ޒަރިއްޔާއިން ކުރު މެސެޖެއް، ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމަންޓް ލިންކެއް ހިމަނައިގެން ފޮނުވަމުންދާކަމަށް ބުނެފައެވެ. ފުލުހުންގެ ހިދުމަތުން ވަނީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް ހުރިހާ ފަރާތްތަކުންވެސް ފުރިހަމައަށް އަމަލުކުރުމަށާއި ގާނޫނު ތަންފީޒުކުރުމުގައި ފުލުހުންގެ ހިދުމަތަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް