ads
ވިކީ ކައުޝަލް--
ލޮކްޑައުނުގައި ބޭރަށް ދިޔަކަމުގެ ތުހުމަތު ވިކީ ދޮގުކޮށްފި
ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އިންޑިއާއިން އެގައުމު ލޮކްޑައުންކޮށްފައިވަނިކޮށް ބޮލީވުޑުގެ ތަރި ވިކީ ކައުޝަލް ބޭރަށް ދިޔަކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށް އެކަން އޭނާ ދޮގުކޮށްފި އެވެ.

އެކަމާއި ގުޅިގެން ކުރި ޓްވީޓެއްގައި ވިކީ ބުނީ ލޮކްޑައުން ފެށުން ފަހުން ގެއިން ބޭރަށް އަދި އޭނާ ނުނިކުންނަ ކަމަށާއި މިހެންކަމުން ތަނަކުން މީހަކު ދައްކާހާ ވާހަކަތައް ގަބޫލުނުކުރުމަށް ވެސް ސަޕޯޓަރުންގެ ކިބައިން އެދުނެވެ.

މީގެ ކުރިން ވަނީ ސޮނާކްޝީ ސިންހާ އާއި ވިވޭކް އަގްނިހޯތުރީ ވެސް ލޮކްޑައުނުގެ މުއްދަތުގައި ބޭރަށް ދިޔަ ކަމަށް ތުހުމަތުވާ ފަދަ ފޮޓޯތަކެއް އާންމުކޮށްފަ އެވެ. އެކަމަކު އެމީހުން ވަނީ އެއީ ކުރިން ބޭރުގައި އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް ކަމަށް ބުނެފަ އެވެ. 

އުމުރުން 31 އަހަރުގެ ވިކީ ވިދާލީ މިދިޔަ އަހަރު ނެރުނު ފިލްމު "ރާޒީ"ގައި މަސައްކަތް ކުރި ފަހުންނެވެ. އޭގެ ފަހުން ބޮލީވުޑުން ގިނަ ފުރުސަތުތަކެއް އޭނާއަށް ލިބެމުން އަންނައިރު "ސަންޖޫ" އާއި "ޔޫރީ: ދަ ސާޖިކަލް ސްޓްރައިކް"ގައި ވެސް އޭނާ މަސައްކަތްކޮށްފައިވެ އެވެ. 

ވިކީ އެންމެ ފަހުން ފެނިގެންދިޔައީ "ބޫތު" އިންނެވެ. އެފިލްމަކީ ވިކީ ކުޅުނު ފުރަތަމަ ފިލްމު ވެސް މެއެވެ. ނަމަވެސް އެހާ ބޮޑު ތަރުހީބެއް ފިލްމަށް ލިބިފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް