ads
މާލޭގެ ވިޔަފާރި ބަނދަރު
ތިލަފުށީ ޕޯޓްގެ އީއައިއޭ ހަދައިދޭން ތަރުހީބު ނުލިބިގެން އަލުން އިއުލާންކޮށްފި
އެމްޕީއެލުން ތިލަފުށީ ހަދާ ޕޯޓްގެ އީއައިއޭ އަދި ހައިޑްރޯ ސާވޭ ހަދައިދޭނެ ކޮންސަލްޓެންޓެއް ހޯދުމަށް އެކުންފުނިން އަލުން ހުޅުވާލައިފިއެވެ.
Advertisement

މި މަސައްކަތް ކޮށްދޭނެ ބަޔަލު ހޯދުމަށް އެމްޕީއެލުން މިދިޔަ މަހުވެސް ހުޅުވާލިއެވެ. އެކުންފުނިން ބުނީ ކުރިން ހުޅުާލި ފުރުސަތަށްް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާކަމަށެވެ. 

އެހެންކަމުން ތިލަފުށީ ހަދާ ޕޯޓްގެ އީއައިއޭ އަދި ހައިޑްރޯ ސާވޭ ހަދައިދޭނެ ކޮންސަލްޓެންޓެއް ހޯދުމަށް އަލުން އެކުންފުނިން ވަނީ އިއުލާންކޮށްފައެވެ. އެމްޕީއެލުން ބުނީ ތިލަފުށީ ޕޯޓްގެ އީއައިއޭ އަދި ހައިޑްރޯ ސާވޭ ހަދައިދޭން ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 13 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާކަމަށެވެ.

މިދިޔަ އެމްޑީޕީ ސަރުކާރުން ނިންމީ ވިޔަފާރި ބަނދަރު ގުޅި ފަޅަށް ބަދަލުކުރާށެވެ. އެހެންނަމަވެސް މި ސަރުކާރުން ވަނީ އެ ނިންމުން  ބަދަލުކޮށް ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށްފައެވެ.

އެމްޕީއެލްއިން ބުނެފައިވަނީ މިހާރު ކާގޯ ބޯޓަކުން ކޮންޓެއިނާ ބަލާ ހުސްކުރަން ފަސް ދުވަހާއި ނުވަ ދުވަހުގެ މުއްދަތެއް ނަގާކަމަށެވެ. އެހެންނަމަވެސް ޕޯޓު ތިލަފުއްޓަށް ބަދަލުކުރެވުމުން އެ މަސައްކަތް ދޭއް ނުވަތަ ތިން ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް