އިންޑިއާގެ މަޝްހޫރު އެކްޓަރެސް ކާޖަލް އަގަރްވާލް ރާއްޖޭގައި ޗުއްތި ހޭދަކުރަމުންދާއިރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ގޮތުގެ ފޮޓޯތައް އޭނާ އަންނަނީ ހިއްސާކުރަމުންނެވެ.

Advertisement
އިންޑިއާގެ މަޝްހޫރު އެކްޓްރެސް ކާޖަލް އަގަރްވާލް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ގޮތުގެ ފޮޓޯތައް އޭނާ ގެންދަނީ ސަޕޯޓަރުންނާ ހިއްސާކުރަމުންނެވެ.
ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ގޮތުގެ ފޮޓޯތައް އިންސްޓަގުރާމު މެދުވެރިކޮށް ހިއްސާކުރަމުން އަންނައިރު އޭނާ ޗުއްޓީ ހޭދަކުރަމުންދަނީ ރީތި ފަރު ރިސޯޓުގައެވެ.
ކާޖަލް ރާއްޖެ އައިސްފައިވަނީ އޭނާގެ އާއިލާ މެންބަރުންނާއެކުގަ އެވެ. އެގޮތުން އޭނާގެ ކޮއްކޮ ނިޝާ އަގަރްވާލް އާއެކު ނަގާފައި ހުރި ފޮޓޯ ތަކެއް ކާޖަލް ވަނީ ހިއްސާކޮށްފަ އެވެ.
ކާޖަލް ރާއްޖެ އައިސްފައިވަނީ އޭނާގެ މަންމަގެ އުފަންދުވަސް ފާހަގަކުރުމަށެވެ. މިއީ ކާޖަލް ރާއްޖެ އައި ފުރަތަމަ ފަހަރުވެސް މެއެވެ.
ތަމަޅަ އަދި ތެލުގޫ ފިލްމުތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ކާޖަލް ވަނީ 2004 ވަނަ އަހަރު ބޮލީވުޑު ފިލްމެއް ކަމަށްވާ "ކިޔުން" ގައި ވެސް މަސައްކަތް ކޮށްފަ އެވެ.