ads
ފޮޓޯ: ޑީޖޭއޭ
ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރަން އޮންލައިން ޕޯޓަލެއް ތައާރަފުކޮށްފި
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމަށް ހާއްސަ އޮންލައިން ޕޯޓަލެއް ތައާރަފުކޮށްފިއެވެ.
Advertisement

މި ބަދަލާއެކު މި މަހުގެ 15 އިން ފެށިގެން ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ހިދުމަތް ލިބިގަނެވޭނީ އީފާސް މެދުވެރިކޮށް އޮންލައިން ޕޯޓަލް ބޭނުންކޮށްގެންނެވެ.

ޑީޖޭއޭ އިން މި ބަދަލު ގެނެސްފައިވަނީ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފަސޭހަކުރުމުގެ މަގުސަދުގައިކަމަށް އެ އޮފީހުން ބުނެއެވެ. އަދި މިހާރު ބޭނުންކުރާ ފޯމު މެދުވެރިކޮށް ވަކިވަކި ފަރުދުން ހުށަހަޅާ ހުށަހެޅުންތައް އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހުގެ ފަހުން ބަލައިނުގަނެވޭނެ ކަމަށްވެސް ޑީޖޭއޭ އިން އިއުލާނުކޮށްފައިވެއެވެ.

ނަމަވެސް، ދައުލަތުގެ އޮފީސްތަކާއި ކުންފުނިތަކުން ރެކޯޑު ސާފުކުރުމަށް އެދި ހުށަހަޅާ ލިޔެކިޔުންތައް ބަލައިގަތުމުގައި އެއްވެސް ބަދަލެއް ނާންނާނެއެވެ. އެ ފަރާތްތަކުން ކުރިއެކޭވެސް އެއްފަދައިން، އެ އޮފީހެއް ނުވަތަ ކުންފުންޏެއްގެ ސިޓީއަކާއެކު ރެކޯޑު ސާފުކުރުމަށް އެދި ހުށަހެޅުމުން އެ ހިދުމަތް ފޯރުކޮށްދޭނެކަމަށް ޑީޖޭއޭ އިން ބުނެފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް