ads
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ
ޕޮލްކޯގެ ކޮރަޕްޝަން މައްސަލަތަކާ ގުޅޭ ދެ ވަނަ ބައްދަލުވުން ވެސް ސިއްރުކޮށްފި
ފުލުހުންގެ ވެލްފެއާ ކޯޕަރޭޝަން (ޕޮލްކޯ) ގެ ތެރޭގައި ހިންގި ކޮރަޕްޝަންގެ މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ޕޮލްކޯގެ ކުރީގެ އިސްވެރިން ހާޒިރުކުރި ބައްދަލުވުން ވެސް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ސިއްރުކޮށްފިއެވެ.
Advertisement

 މިއީ މި މައްސަލައާ ގުޅިގެން ސިއްރުކުރި ދެވަނަ ބައްދަލުވުމެވެ.

މިއަދުގެ މެންދުރު 2:00 ގައި ބޭއްވި މި ބައްދަލުވުން ސިއްރުކުރީ އިއްޔެ ބޭއްވި ޕޮލްކޯގެ މިހާރުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމެކޭ އެއް އުސޫލުން ކަމަށް ސަބް ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ބުންޏެވެ. އޭނާ ބުނިގޮތުގައި މިއަދުގެ ބައްދަލުވުމުގައި ވެސް އޭސީސީގެ މުވައްޒަފުން އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވިއެވެ.

ޕޮލްކޯގެ މައްސަލަތައް ބެލުމަށް މާލިއްޔަތު ކޮމިޓީން ހަދާފައިވާ ސަބް ކޮމިޓީން އަންނަނީ އެ މައްސަލަތައް ދިރާސާކޮށް، އެޅޭނެ ފިޔަވަޅުތައް ބަލަމުންނެވެ. މިދިޔަ ހަފުތާގައި ބޭއްވި ކޮމިޓީގައި ވަނީ ޕޮލްކޯ މެދުވެރިކޮށް ފުލުހުންނަށް ފްލެޓު އިމާރާތް ކުރުމުގެ މަޝްރޫއުގެ ތެރެއިން ނުހައްގުން ހޯދި ފައިސާއިން ގަނެފައިވާ ބިންތަކާއި މުދާތައް ދައުލަތަށް ނަގަން ހުށަހަޅަން ނިންމާފައެވެ.

އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ރިޕޯޓުން ހާމަވެފައިވާ ގޮތުގައި ހުޅުމާލެ 1 ގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް ވަކި ބަޔަކަށް ފައިދާވާ ގޮތަށް މިހާތަނަށް އެއް ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި އެއީ 355 މިލިއަން ރުފިޔާގެ ގެއްލުމުގައި ހިންގާފައިވާ މަޝްރޫއެއް ކަމަށް ފާހަގަކޮށްފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް