
ފޮޓޯ: އިމިގްރޭޝަން
ބިދޭސީންގެ އަތުން ފައިސާ ނެގުމަށް ފޭކު ވެބްސައިޓުތަކެއް
ގުފްތަގް އަޖީރު
08 މޭ 2025 - 17:33:27
ރާއްޖެއަށް ދަތުރުކުރާ ބިދޭސީންގެ އަތުން ފައިސާ ނެގުމަށް އިމުގަ ޕޯޓަލްގެ ނަމުގައި ބަޔަކު ފޭކު ވެބްސައިޓުތަކެއް ހަދައިގެން އުޅޭތީ ސަމާލުވުމަށް އިމިގްރޭޝަނުން އެދިއްޖެއެވެ.
މި ފޭކު ވެބްސައިޓުތަކުން ޓްރެވަލާ ޑިކްލެރޭޝަން ހަދައިދޭނެ ކަމަށް ބުނެ ބިދޭސީންގެ އަތުން ފައިސާ ނަގަމުންދާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ހާމަކުރި ގޮތުގައި މި ފޭކު ވެބްސައިޓުތަކުގެ ތެރޭގައި "އިމުގަ-އެޕްލިކޭޝަން.ކޮމް"، "މޯލްޑިވްސް-ވިސާ.ކޮމް" އަދި "އިމުގަ މޯލްޑިވްސް.ނެޓް" ހިމެނެއެވެ. އިމިގްރޭޝަނުން ބޭނުންކުރާ ހަގީގީ އިމުގަ ޕޯޓަލްގެ ވެބްސައިޓަކީ "އިމުގަ.އިމިގްރޭޝަން.ގަވް.އެމްވީ" ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ޓްރެވަލާ ޑިކްލެރޭޝަން ހެދުމަކީ ފައިސާ ދައްކައިގެން ކުރަންޖެހޭ ކަމެއް ނޫން ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. މީގެ ކުރިން ދިވެހިން ވެސް އިމުގަ ޕޯޓަލުން ޑިކްލެރޭޝަނެއް ހުށަހަޅަންޖެހުނު ނަމަވެސް، މިދިޔަ އަހަރު ކުރީކޮޅު އެ އުސޫލު ވަނީ އުވާލާފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް