ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ކުއްލި މައްސަލަ ބޭރުކޮށްލަން ވޯޓް ދިން ގޮތް
ޑޮލަރުންކުރާ ވިޔަފާރިތަކަށް ފީ ނަގާތީ ހުށައެޅި މައްސަލަ ބޭރުކޮށްލައިފި
ދިވެހިން އާއްމުކޮށް ވިޔަފާރިކުރާ އޮންލައިން ވެބްސައިޓްތަކުން ކުރާ ވިޔަފާރިތަކަށް ފީއެއް ނަގަން ނިންމުމުން ރައްޔިތުން މަޖިލިހަށް ހުށައެޅި ކުއްލި މައްސަލައެއް ބޭރުކޮށްލައިފިއެވެ.
Advertisement

މި މައްސަލަ ރައްޔިތުން މަޖިލިހަށް ހުށައެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރުއެވެ. 

މި މައްސަލަގައި މަޖިޅީހުގައި ބަހުސް ކުރަން ފެނޭތޯ ނެގި ވޯޓުގައި އެ މައްސަލަ ބޭރުކޮށްލަން ސަރުކާރު ހިންގާ ޕީއެންސީގެ 29 މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ. މައްސަލަ ކުރިޔަށް ގެންދަން ފެންނަކަމަށް ވޯޓް ދެއްވީ 11 މެެމްބަރުންނެވެ. 

ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ ލިމިޓް މިއަދުން ފެށިގެން ދެ ގުނައަށް ބޮޑުކުރަން ވަނީ ނިންމާފައެވެ. އެގޮތުން މިހާރު ދެމުން އަންނަ 250 ޑޮލަރުގެ ލިމިޓް ވަނީ މަހަކަށް 500 ޑޮލަރަށް ބޮޑުކޮށްފައެވެ.  

ޑެބިޓް ކާޑުތަކުގެ ލިމިޓަށް ގެނައި ބަދަލާއި އެކު، އާއްމުކޮށް ދިވެހިން ވިޔަފާރިކުރަމުން އަންނަ ބައެއް ސައިޓްތައްކަމަށްވާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭއަށް ފައިސާދައްކާއިރު މީގެކުރިން ފީއެއް ނުނެގިނަމަވެސް މިއަދުން ފެށިގެން 30 އިންސައްތައާއި ހަމައަށް ފީއެއް ނަގަން ބީއެމްއެލްއިން ވަނީ ނިންމާފައެވެ.  

ބޭންކުން ބުނީ އެ ބަދަލު ގެނައީ މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ފިޔަވަޅު އެޅުމުގެ ގޮތުންކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް