ads
މުލީ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާފައި
މީމުގެ ފުރަތަމަ އެއާޕޯޓް އާންމު ދަތުރުތަކަށް ހުޅުވާލައިފި
މ. އަތޮޅުގެ ފުރަތަމަ އެއާޕޯޓް ކަމަށްވާ މުލީ އެއާޕޯޓް އާންމު ދަތުރުތަކަށް ހުޅުވާލައިފިއެވެ.
Advertisement

މުލީ އެއާޕޯޓަށް މިދިޔަ މަހުގެ 25ގައި ވަނީ ޓެސްޓް ފްލައިޓް ވަނީ ޖައްސާފައެވެ.  އަދި މިމަހުގެ އެއްވަނަ ދުވަހު އެ އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ނިންމާ އެކަމުގެ ރަސްމިއްޔާތައްވެސް ތައްޔާރުވިއެވެ. އެހެންނަވެސް މިހާރު ވަނީ އެ ރަސްމިއްޔާތު މިމަހުގެ 15 އަށް ލަސްކޮށްފައެވެ. 

ރީޖަނަލް އެއާޕޯޓްސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އެއާޕޯޓުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އެތެރޭގެ އުދުހުންތައް އޮޕަރޭޓުކުރާ މޯލްޑިވިއަން، ވިލާ އަދި މަންތާއަށް މުލީ އެއާޕޯޓްއަށް ދަތުރުތައް ފެށުމަށް ވަނީ އާރުއޭސީއެލް އިން ވަނީ ފުރުސަތު ހުޅުވާލަފައެވެ. 

މ. މުލީގައި އެއާޕޯޓް ތަރައްގީކުރަން ނިންމާ އެ މަސައްކަތް ފެށީ މިދިޔަ ވެރިކަމުގައި 2021 ވަނައަހަރުއެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މި މަޝްރޫއުގެ އަގަކީ 221.7 މިލިއަން ރުފިޔާއެވެ.

މި މަޝްރޫއުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކާއި، 1،812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ. އަދި 1،200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ހަދައި، ޓެކްސީވޭއަކާއި އޭޕްރަން ގާއިމުކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް