މި އަހަރުގެ ޑީއެމްއާރްއާރް ބިބް އެކްސްޕޯ ކުރިއަށް ދަނީ އަމީނީ މަގުގައި ހުންނަ ދިރާގު ހެޑް އޮފީހުގެ ތިރީ ފަންގިފިލާގައި ގާއިމުކޮށްފައިވާ ބިބް އެކްސްޕޯ ސެންޓަރުގަ އެވެ.
ބިބް އެކްސްޕޯގައި ދުވުންތެރިންނަށް ރޭސް ކިޓް ހަވާލުކުރާނެ އެވެ. މިއަދުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް، އެކި ގަޑިތަކުގައި ރޭސް ކިޓްތައް ހަވާލުކުރަމުންދާނެއެވެ. އެގޮތުން މިރޭ 8:00 އިން 10:00 އަށް ރޭސް ކިޓް ދޫކުރާނެއެވެ.
މާދަމާއިން ބުދަ ދުވަހުގެ ނިޔަލަށް ރޭސް ކިޓް ހަވާލުކުރާ ގަޑިތަކަކީ:
ދިރާގުން ބުނީ ކޮންމެ ރޭސް ކިޓެއްގައިވެސް ޓައިމިން ޗިޕް ހިމެނިފައިވާ ބިބް، ރޭސް ޓީޝާޓު، ސްޓްރިންގް ބޭގް އަދި ހަތަރު ނަރުދަތި ހިމެނޭނެ ކަމަށެވެ. އަދި ވެރިފައި ކުރުމުގެ ގޮތުން ރޭސް ކިޓް ބާލާ އަންނަ ފަރާތުން ދުވުންތެރިޔާގެ އައިޑީ ކާޑާއި ބިބް ނަންބަރު ހުށަހަޅަން ޖެހޭނެ ކަމަށްވެސް ދިރާގުން ބުންޏެވެ.
ޑީއެމްއާރްއާރްއަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ދުވުމުގެ ހަރަކާތެވެ. އެގޮތުން މިއަހަރު މި ފާހަގަކުރާ މި ރޭހުގެ 16 ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު މިމަހުގެ 24 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކްގަ އެވެ. މިއަހަރުގެ ދުވުމުގައި 4،500 އަށް ވުރެ ގިނަ ބައިވެރިން ދުވުމަށް ވަނީ ހަމަޖެހިފަ އެވެ.
ޑީއެމްއާރްއާރް 2025 އާ ބެހޭ އިތުރު މައުލޫމާތު ރޯޑް ރޭސް ވެބްސައިޓުން ލިބޭނެ އެވެ.