ads
ބީއެމްއެލްގެ އިންޓަ ސްކޫލް ސްވިމިން މުބާރާތް - ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ 21 ވަނަ އިންޓަސްކޫލް ސްވިމިން މުބާރާތް މިއަދު ނިންމާލައިފި
ބީއެމްއެލްގެ 21 ވަނަ އިންޓަސްކޫލް ސްވިމިން މުބާރާތް މިއަދު ނިންމާލައިފި އެވެ.
Advertisement

ހަ ދުވަހަށް ކުރިއަށް ދިޔަ މި މުބާރާތް ބާއްވާފައި ވަނީ ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕްލެސް ސްވިމިން ޕޫލްގަ އެވެ.

ބީއެމްއެލްއިން ބުނީ މި އަހަރުގެ މުބާރާތުގައި 18 ސްކޫލަކުން ވާދަކޮށްފައިވާ ކަމަށެވެ. އެ ސްކޫލުތަކުން މުބާރާތުގައި ވާދަކުރީ 12 އަހަރާއި 18 އަހަރާ ދެމެދުގެ 365 ދަރިވަރުން ކަމަށް ބީއެމްއެލްއިން މައުލޫމާތުދީފައިވެ އެވެ. 

އެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި، އެ މުބާރާތުން ވަނަ ހޯދި ދަރިވަރުންނަށް ވަނީ އެވޯޑް ހަވާލުކޮށްފަ އެވެ.

your imageބީއެމްއެލްގެ އިންޓަ ސްކޫލް ސްވިމިން މުބާރާތް - ފޮޓޯ: ބީއެމްއެލް

ބީއެމްއެލް އިން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ސްވިމިން އެސޯސިއޭޝަނާ އެކު އެކްސްކްލޫސިވް ޕާޓްނަޝިޕެއް ގާއިމުކޮށް، އެ ކުޅިވަރު ތަރައްގީކުރުމުގެ ބައިވެރިއެއްގެ ގޮތުގައި މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި އަހަރު އެ ބޭންކުން ވަނީ ސްވިމިން އެސޯސިއޭޝަނާއެކު ގާއިމުކޮށްފައިވާ ޕާޓްނަޝިޕް އިތުރު ތިން އަހަރުގެ މުއްދަތަކަށް ގާއިމްކޮށް، ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް