ads
ފެން ބިލްތަަކަށް އަރާފައިވާ ޖޫރިމަނާ މައާފުކޮށްދެނީ
ފެން ބިލު ނުދެއްކި ގިނަ ދުވަސްވެގެން އަރާފައިވާ ޖޫރިމަނާ މައާފުކޮށްދޭން ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ނިންމައިފިއެވެ.
Advertisement

އެ ކުންފުނިން ބުނީ މީ ކަސްޓަމަރުންނަށް ފެން ބިލު ދެއްކުމުގައި ލުއި މަގެއް ފަހިކޮށްދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރިޔަށް ގެންދާ ޕްރޮގްރާމެއްކަމަށެވެ. 

މި ޕްރޮގްރާމުގެ ތެރެއިން މައާފުކޮށްދޭން ނިންމާފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު 31ގެ ނިޔަލަށް އާރާފައިވާ ޖޫރިމަނާ އެމްޑަބްލިއުއެސްސީން ބުނެއެވެ. 

އެ ކުންފުނިން ބުނީ ޖޫރިމަނާ މަޢާފްކޮށްދޭނީ އެ ޖޫރިމަނާ އަރާފައިވާ ބިލްތަކަށް ދައްކަން ޖެހޭ ޖުމްލަ ފައިސާ މި މަހު އެކަކުން ފެށިގެން މި އަަހަރުގެ ޑިސެމްބަރު 31 އާ ދެމެދު ދެމެދު ދައްކައި، ހަލާސްކުރާ ކަސްޓަމަރުންނަށް ކަމަށެވެ.

މީގެއިތުރުން، އެއްބަސްވުމެއްގެ ދަށުން އެ ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ނިންމަން އެދޭ ފަރާތްތަކަށް އެފުރުސަތުވެސް ލިބިގެންދާނެކަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. އަދި އެއްބަސްވުން ހަދާ ފަރާތަކަށް ޖޫރިމަނާ މައާފުކޮށްދޭނީ އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކާ ނިމުމުންްކަމަށްވެސް އެމްޑަބްލިއުއެސްސީން ބުނެއެވެ. 

އެމްޑަބްލިއުއެސްސީން ބުނީ މި ކަމާއި ގުޅޭ ތަފްސީލުތައް 105 ގުޅައިގެން ނުވަތަ 1050 އަށް އެސްއެމްއެސްއެއް ފޮނުއްވައިގެން ނުވަތަ މެއިލް މެދުވެރިކޮށްވެސް ލިބޭނެކަމަށެވެ. 

މީގެ ކުރިންވެސް އެމްޑަބްލިއުއެސްސީން ވަނީ ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ބޮޑު އަދަދެއްގެ ފައިސާ އެ ކުންފުނީގެ ކަސްޓަމަރުންނަށް މައާފުކޮށްދީފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް