
ބ. ކެންދޫ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރަމުން އަންނަނީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިންނެވެ.
ކޮންސްޓަރަކްޝަން މިނިސްޓްރީން ބުނީ ބ. ކެންދޫ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތުެގ 88 އިންސައްތަ މިހާރު ނިމިފައިވާކަަމަށެވެ.
އަމަލީ މަސައްކަތުގެ ބޮޑުބައި ނިމި މިހާރު ކުރަމުން އަންނަނީ ފެނާއި ނަރުދަމާ ޓެސްޓްކޮށް ޕްރީ ކޮމިޝަން ކުރުމުގެ މަސައްކަތްކަމަށެވެ.
ބ. ކެންދޫ ފެނާއި ނަރުދަމާގެ ހިދުމަތް ނިންމާ ޓެސްޓްކުރަން ފެށުން
ކެންދޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ފެށި މިދިޔަ ސަރުކާރުން 2022 ވަނަ އަހަރުގެ މޭމަހުގެ މި މަޝްރޫއުގެ ދަށުން އެރަށުގައި 4.88 ނަރުދަމާ ނެޓްވޯކެ ޤާއިމްކޮށް556 މީޓަރުގެ ޕަންޕިން ލައިންއެއް އަޅާ 2 ޕަންޕް ސްޓޭޝަނާ 1 ސީ އައުޓްފޯލް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
ކޮންސްޓަރަކްޝަން މިނިސްޓްރީން ބުނީ ދައުލަތުގެ ބަޖެޓުން ހިންގާ މި މަޝްރޫއުގެ އަގަކީ 48.1 މިލިއަން ރުފިޔާކަމަށެވެ.