ads
ދީޕިކާ އަދި ވަރުން
ދިޕިކާ އަބަދު ނިދާ ހެދުމުގައި އުޅޭތީ އެކަމާ ވަރުން ސުވާލުކޮށްފި
ދިޕިކާ ޕަޑުކޯން އަބަދު ނިދާ ހެދުމުގައި އުޅެނީ ކިީއްވެތޯ އަހައި ވަރުން ދާވަން އޭނާ އާއި ސުވާލުކޮށްފި އެވެ.

އިންސްޓަގްރާމް ގައި އޭނާގެ ފޭނުންނާއި ދިޕިކާ ހިއްސާ ކުރަމުންދާ ސިލްސިލާ ޕޯސްޓްތަކުގެ ތެރެއިން ޕޯސްޓަކަށް ކޮމެންޓް ކުރަމުން ދިޕިކާ އަބަދު ނިދާ ހެދުން ލައިގެން އުޅެނީ ކީއްވެގެންތޯ ވަރުން ސުވާލު ކުރުމުން ޖަވާބުގައި ދިޕިކާ ބުނީ އެއީ ބޭނުންވާ ކޮންމެ އިރެއްގައިވެސް ފަސޭހައިން އަރާމުކޮށް ނިދުމުގެ ބޭނުމުގައި ކަމަށެވެ. 

އިންޑިއާ ލޮކްޑައުނަށް ދިއުމާއި އެކު ކަރަންޓީނުގައި އޭނާ ގޭގައި ކުރާ ކަންތައް ހިއްސާ ކުރަމުން ގެންދާ ޕޯސްޓް ތަކުގެ ތެރެއިން މި ޕޯސްޓް ގައި ދިޕިކާ ވަނީ އޭނާ މޭވާ އާއި ޖޫސް ބޮއެގެން ހުރިކަމަށް ބުނެފައެވެ. 

މުޅި އިންޑިއާ ލޮކްޑައުނެއްގަައި އޮތުމުން ބޮލީވުޑުގެ ތަރިން ވެސް މިވަނީ ގޭގައި ބަންދުވެފަ އެވެ. މި ތަރިން ސޯޝަލް މީޑިއާ މެދުވެރިކޮށް ކޮންމެ ދުވަހަކު ވެސް ކުރަމުން އަންނަ ކަންކަން ހިއްސާކުރަމުން އަންނައިރު ބޮލީވުޑުގެ ބަތަލާ ދީޕިކާ ޕަޑުކޯން އާއި ރަންވީރު ސިންގް ވެސް މިދުވަސްވަރު ސޯޝަލް މީޑިއާއާ ވަރަށް ގާތެވެެ.

މީގެ ކުރިން ދީޕިކާ ވަނީ ގޭގެ އަލަމާރި ސާފުކުރަން އުޅޭ ފޮޓޯތަކެއް ވެސް ހިއްސާކޮށްފަ އެވެ. އަދި ކެއްކުމުގައި އަވަދިނެތި އުޅޭ ފޮޓޯތަކެއް ވެސް ހިއްސާކުރި އެވެ. އަދި ދީޕިކާ ވަނީ އޭނާގެ ފިރިމީހާ ރަންވީރުގެ ނިތްކުރީގައި "ހަޒްބެންޑް" ޖަހާފައިވާ ގަނޑުކޮޅެއް ވެސް ނިދާފައި އޮތްވާ ހިއްޕާފަ އެވެ.

ދީޕިކާ ބުނާ ގޮތުންނަމަ މި ލޮކްޑައުނުގައި އެންމެ ބަލަން ފަސޭހައީ ރަންވީރެވެ. އެގޮތުން 20 ގަޑިއިރު ރަންވީރު އޮންނަނީ ނިދާފައި ކަމަށް ދީޕިކާ ބުނެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް