
މީރާއިން ބުނީ މިދިޔަ އަހަރުގެ އޭޕްރީލްމަހާ އަޅާބަލާއިރި މިއަހަރުގެ އޭޕްރިލް މަހު ލިބުނު އާމްދަނީ 22.7 އިންސައްތަ އިތުރުކަމަށެވެ. އަދި މިއީ މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކުރި ވަރަށްވުރެ 1.6 އިންސައްތަ އިތުރު އަދަދެއްކަމަށްވެސް މީރާއިން ބުނެއެވެ.
މީރާއިން ބުނީ މިދިޔަ މަހުގެ އާމްދަނީ، އަންދާޒާ ކޮށްފައިވާ އާމްދަނީއަށްވުރެ 1.6 އިންސައްތަ އިތުރުވި މައިގަނޑު އެއް ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީއާއި ޓޫރިޒަމް ލޭންޑް ރެންޓު ގޮތުގައި ލިބުނު އާމްދަނީ އިތުރުވެގެން ދިޔުމެވެ.
މީރާއިން ބުނީ، މިދިޔަ އަހަރުގެ އެޕްރީލްގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު މި އަހަރުގެ އެޕްރީލްގައި ލިބުނު އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އާއި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ކަމަށެވެ.
މީގެއިތުރުން މި އަހަރުގެ ޖަނަވަރީ އެކަކުން ފެށިގެން ގްރީން ޓެކުހުގެ ރޭޓު ބޮޑުވުމާއި މިދިޔަ ޑިސެމްބަރުން ފެށިގެން އެއާޕޯޓް ޓެކުހާއި ފީގެ އާމްދަނީ އިތުރުވުމަކީވެސް މިދިޔަ މަހުގެ ޖުމުލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތައް ކަމަށް މީރާއިން ބުނެއެވެ.
މިދިޔަ މަހު އާމްދަނީ ލިބުނު ގޮތް
- ޖީއެސްޓީ / 1.65 ބިލިޔަން ރުފިޔާ
- ގްރީން ޓެކްސް / 226.7 މިލިޔަން ރުފިޔާ
- އިންކަމް ޓެކްސް / 176.5 މިލިޔަން ރުފިޔާ
- އެއާޕޯޓް ޑިވެލޮޕްމަންޓް ފީ / 155.3 މިލިޔަން ރުފިޔާ
- ޑިޕާޗާ ޓެކްސް / 153.2 މިލިޔަން ރުފިޔާ
- ޓޫރިޒަމް ލޭންޑް ރެންޓް / 9.4 މިލިޔަން ރުފިޔާ
މިދިޔަ މަހު ޑޮލަރު އާމްދާނީގެ ގޮތުގައި ލިބިފައިވަނީ 125.09 މިލިޔަން އެމެރިކާ ޑޮލަރުކަމަށް މީރާއިން ބުނެއެވެ.