ads
ޔޫކޭގައި ކިޔަވަމުން އަންނަ ދަރިވަރުންތަކެއް
ސްޓޫޑަންޓް ލޯނަށް މިހާތަނަށް 55.5 މިލިއަން ރުފިޔާ ދޫކޮށްފި
ސްޓޫޑަންޓް ލޯނުގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 55.5 މިލިއަން ދޫކޮށްފައިވާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
Advertisement

ދަރިވަރުންނަށް ލޯނުގެ ގޮތުގައި ލިބެންޖެހޭ ފައިސާ ނުލިބި ކޮލެޖާއި ޓިއުޝަންތަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކި އެކަމުގެ ޝަކުވާތައް ބޮޑުވެފައި ވަނިކޮށް މިނިސްޓްރީން ވަނީ އަހަރުގެ މިހާތަނަށް ދަރިވަރުންނަށް ދޫކުރި ފައިސާގެ ތަފްސީލުތައް އާއްމުކޮށްފައެވެ. 

މިނިސްޓްރީން ބުނީ މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް 55.5 މިލިއަން ރުފިޔާ ދަރިވަރުންނަށް ދޫކޮށްފައިވާކަމަށެވެ. އެ ފައިސާ ދޫކޮށްފައިވަނީ ޖުމްލަ ޖުމްލަ 751 ދަރިވަރަކަމަށާއި 34 ދަރިވަރަކު ކާމިޔާބުކަމާއެކު އެކުދިން ކިޔަވަމުން ދިޔަ ސްކޮލާޝިޕް ފުރިހަމަކޮށްފައިވާކަމަށްވެސް މިނިސްޓްރީން ބުނެއެވެ. އަދި މިހާރު ކިޔަަވަމުން އަންނަނީ 717 ދަރިވަރަންކަމަށްވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. 

ފައިސާ ދީފައިވާ ދަރިވަރުންގެ އަދަދު ( ކިޔަވާ ނިންމި ) 

  • އަންހެން ؛ 25 ދަރިވަރުން 
  • ފިރިހެން : 09 ދަރިވަރުން 

ފައިސާ ދީފައިވާ ދަރިވަރުންގެ އަދަދު ( ކިޔަވަމުން އަންނަ )

  • އަންހެން ؛ 467 ދަރިވަރުން 
  • ފިރިހެން : 250 ދަރިވަރުން


ބޭރުގައި ކިޔަވަން ތިބި ދަރިވަރުން ފޮނުވާ މެއިލްތަކަށް މިނިސްރީން ޖަވާބު ނުދިނުމާއި ދަރިވަރުންގެ ސްޓައިޕެންޑު ފައިސާ ދޫނުކުރުމާއި ޓިއުޝަން ފީ ނުލިބުމުގެ ޝަކުވާތައް ބޮޑުވުމުން އެކަން ހައްލުކުރުމަށް މިނިސްޓްރީއަށް އަންގާފައިވާނެކަމަށް ދާދި ފަހުން ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.  

 

ދަރިވަރުންގެ މި ޝަކުވާތަކާއި ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެއަށް އެތެރެކުރާ ކާޑާއި ތެލަށްވުރެ އެމަނިކުފާނަށް މުހިއްމީ ދަރިވަރުންނަށް ބޭނުންވާ ފައިސާ ހަމަޖެއްސުންކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް