ads
އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝާހިދު ވާހަކަ ދައްކަވަނީ
ޑިޖިޓަލް ކުރުމަށް ޝާހިދު ފާޑުކިޔައިފި
ޑިޖިޓަލް ކުރުމުގެ ނަމުގައި ރައްޔިތުންގެ ކަރަށް އަތްބާނަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
Advertisement

މޯލްޑިވްސް 2.0 ޕްރޮގްރާމަށް ފާޑުކިޔުއްވަމުން ޝާހިދު ވިދާޅުވީ، ސަރުކާރުން ތައްޔާރުވަމުން ދަނީ ޑިޖިޓަލައިޒް ކުރުމުގެ ނަމުގައި އިންތިހާބުތައް އޮޅުވާލައި، ރައްޔިތުންގެ ކަރަށް އަތްބާނައިގެން ވައްކަންކުރަން ކަމަށެވެ. އަދި އެފުރުސަތު މިސަރުކާރަށް ރައްޔިތުން ނާރުވާނެ ކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު އިތުރަށް ވިދާޅުވެފައިވަނީ، މިސަރުކާރަށް ދެއަހަރު ފުރެން ދާއިރު ތަރައްގީގެ މާރެހެއް ނުފެނި، ވިޔަފާރިތައް ފުނޑި، ދަރަނި ބޮޑުވެ، މުޅި ގައުމު އޮތީ ވާނުވާގައި ކަމަށެވެ. "ދިވެހިން ތިޔަ ދޮގުތަކެއް ބޭނުމެއް ނުވޭ. ދިވެހި ރައްޔިތުން ބޭނުންވަނީ އިންސާނީ ކަރާމަތާއި، ހައްގުތައް ކަށަވަރު ޑިމޮކްރަޓިކް ދިރިއުޅުމެއް. ބޭސް ގުޅައެއް ހޯދަން ވާނުވާގައި، ރަށު ތަރައްގީ ވާނުވާގައި، އަދުލު އިންސާފާއި ސްޕްރީމް ކޯޓް ވާނުވާގައި އޮންނަ، 2.0 ރާއްޖެއެއް ދިވެހި ރައްޔިތުން ބޭނުމެއް ނޫން." ޝާހިދު ވިދާޅުވެފައިވެއެވެ.

މޯލްޑިވްސް 2.0 އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ބޮޑު ފިޔަވަޅު ކަމަށާއި، އަދި އެއީ ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ މައުލޫމާތުގެ ފުރިހަމަ ކޮންޓްރޯލާއި ބާރުވެރިކަން ލިއްބައިދޭ ނިޒާމު ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި މިބަދަލުގެ ސަބަބުން ސަރުކާރުގެ އޯވާހެޑް ކޯސްޓް ކުޑަކުރެވި، އެފިޝަންސީ އިތުރުވެ، ދެފުށް ފެންނަ މިންވަރު އިތުރުވެ، ރައްޔިތުންނަށް ލިބޭ ހިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް