
އެންސްޕާއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ހާއްސަ އެހީއަށް ބޭނުންވާ ކުޑަކުދިންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 18 އަހަރުން ދަށުގެ ކުދިންގެ ޖުމްލަ އަދަދަކީ 4،790 އެވެ.
އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، މި ކުދިންގެ ތެރެއިން އެންމެ ގިނައީ މަލްޓިޕަލް ޑިސެބިލިޓީ ހުންނަ ކުދިންނެވެ. އެއީ 1،873 ކުދިންނެވެ. ދެވަނައަށް އެންމެ ގިނައީ ނަފްސާނީ އެހީތެރިކަން ބޭނުންވާ ކުދިންނެވެ. އެއީ 1،021 ކުދިންނެވެ. އަދި ތިންވަނައަށް އެންމެ ގިނައީ ވިސްނުމުގެ ނުވަތަ ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނެވެ. އެއީ 460 ކުދިންނެވެ.
ރާއްޖޭގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިން އެންމެ ގިނައީ 10-14 އަހަރާ ދެމެދުގެ 1،745 ކުދިންނެވެ. ދެވަނައަށް އެންމެ ގިނައީ 5-9 އަހަރާ ދެމެދުގެ 1،631 ކުދިންނެވެ. މި ތަފާސްހިސާބުތަކުން ދައްކާގޮތުން، ރާއްޖޭގައި ހާއްސަ އެހީއަށް ބޭނުންވާ ކުޑަކުދިންގެ އަދަދު ދަނީ އިތުރުވަމުންނެވެ.