ads
ސުވަރުގޭގެ ޓިކެޓް!
މިއަދު ދީން މަތީ ސާބިތުވި ހުރުން އޭގެ މާނަ އަކީ މާދަމާއަށް އަޅުގަނޑުމެން މިގޮތުގައި މަތީ ހުންނާނޭ، ނުވަތަ އަޅުގަނޑުމެން އަތުގައި ސުވަރުގޭގެ ޓިކެޓް ލިބިފައި އެބައޮތޭ ގަބޫލުކުރުމެއް ނޫނެވެ.
Advertisement

އީމާންކަމުގެ ނިއުމަތަށް ފަރުވާތެރިނުވެއްޖެނަމަ މާދަމާ މިގޮތުގައި ނުތިބެދާނެ ކަމުގެ ބިރު އަޅުގަނޑުމެން ތެރޭ ކޮންމެ މީހެއްގެވެސް ހިތުގައި ވެސް އޮންނަށް އެބަޖެހެ އެވެ. އެހެން ވީމަ ކީރިތި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ. ހަދީސް ކުރައްވަނީ ﷲ ތައާލާގެ އަޅެއް މުށެއްގެ މިންވަރަށް ސުވަރުގެއާ ކައިރިވެއްޖައުމަށް ދާންދެން ހެޔޮއަމަލުތަށް ސުވަރުގެވަންތަ ވެރިންގެ އަމަލުތަށް ކުރަމުންދާ ކަމަށެވެ.

އެއަށްފަހު ކިހިނެއްތޯ މިވަނީ އެންމެ ފަހު ގަޑީގައި އޭނާ ނަރަކަ ވަންތަ ވެރިންގެ އަމަލުތައްކޮށް އޭނާ ނަރަކައަށް ވަންނަށް ދާން އެބަ މަގުފަހިވާކަމަށް ކީރިތި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ. ހަދީތް ކުރައްވާފައިވާ ކަމަށް އިލްމުވެރިން ވިދާޅުވެ ދެއްވަ އެވެ.

އަޅުގަނޑުމެން އަބަދުވެސް އީމާންތެރިކަމުގެ ނިޔުމަތަށް ފަރުވާތެރިވެ އީމާންކަން އެއްދުވަހުން އަނެއްދުވަހަށް އިތުރު ކުރެވޭތޯ ފަރުވާތެރިވެ މަސައްކަތް ކުރަން އިލްމުވެރިން ނަސޭހަތްތެރިވެ އެވެ. މިގޮތަށް މަސައްކަތް ނުކޮށްފިކަމަށްވާނަމަ އީމާންކަށް ދަށަން ދާން ފަށާނެ ކަމަށާއި އަދި އަޅުގަނޑުމެން ނުވިސްނާ ހުއްޓާ އީމާންކަށް ބަލިކަށިވެ އަޅުގަނޑުމެންނަށް އަރައި ނުގަނެވޭނެ ފަދަ އަނދަވަޅަކަށް ވެއްޓުމަކީ އެއީ ވެދާނެ ކަމެއްކަމަށް ވާތީ އެކަމުގެ ބިރު އަޅުގަނޑުމެން ހިތުގައި އޮންނަހާލު އަޅުގަނޑުމެން ގެ އީމާންކަން ތާޒާ ކުރަން އަބަދުވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް އިލްމުވެރިން ލަފާދެއްވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;