ސަންލޭންޑް ނަޒީރަކީ ރާއްޖޭގެ އިސްލާހީ ހަރަކާތުގައި ވެސް ބައިވެރިވި ބޭފުޅެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި "އޮގަސްޓު 12-13" މުޒާހަރާގެ ތެރެއިން ޖަލުގައި ވެސް އޭނާ ބަންދުކުރެވުނެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނެވި ޓްރޭޑް އެންވޯއިގެ މަގާމު ވެސް އޭނާ އަދާކުރެއްވި އެވެ.
ސަންލޭންޑް ކުންފުންޏަކީ 1976 ވަނަ އަހަރު އުފެދިގެން އައި ޓްރެވަލް އޭޖެންސީއެކެވެ. އެ ކުންފުނިން 1990 ގެ އަހަރުތަކުގައި ވިޔަފާރި ފުޅާކޮށް ރިސޯޓު ހިންގުމުގެ ވިޔަފާރީގެ ތެރެއަށް ވަނެވެ. މިއަދު ސަންލޭންޑް ހޮޓެލްސްއަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ފާހަގަކޮށްލެވޭ އެއް ކުންފުންޏެވެ.