އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ 33 އަހަރުގެ އެ މީހާއަކީ ތ. ގުރައިދޫ، ޗަބޭލީގެ، (މިހާރު އުޅޭ އެޑްރެސް ކ. މާލެ، މ. ރުތު) ހުސެއިން ރިޝްފާޒްއެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށްވަނީ ތިން ދުވަސް ޖަހާފައެވެ.
ރެކޯޑްތަކުން ދައްކާ ގޮތުގައި މި މީހާވަނީ ކުރިން ވެލާނާގެ ޕާކިން ޒޯނުގައި ޕާކުކޮށްފައި އޮތް ކުރީ ސަރުކާރުގެ ތިން މިނިސްޓަރެއްގެ ކާރުކޮޅަށް "އިންޑިއާ އައުޓް" ސްޕްރޭއިން ޖަހާފައެވެ.
"އިންޑިއާ އައުޓް" ސްޕްރޭ ކޮށްފައިވަނީ ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންގެ ކާރުކޮޅުގައެވެ.