ads
އިއްޔެ ފާހަގަކުރު ކުޑަކުދިންގެ ދުވަހުގެ ތެރެއިން
ރާއްޖޭގައި 16 އިންސައްތަ ކުދިން ނުކިޔަވާ، ކޮންމެ 6 ކުއްޖަކުން 1 ކުއްޖަކު މަސައްކަތްކުރޭ
ރާއްޖޭގެ ކުޑަކުދިންގެ އާބާދީގެ ތެރެއިން 16 އިންސައްތަ ކުދިން ކިޔަވަން ނުދާ ކަމަށާއި އެއްވެސް ކަހަލަ ތަމްރީނެއް ވެސް ނުހަދާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފިއެވެ.
Advertisement

އޮއްޔެ ފާހަގަކުރި ކުޑަކުދިންގެ ދުވަހާއި ގުޅުވާ ސްޓެޓިސްޓިކްސް ބިއުރޯ އިން ވަނީ ރާއްޖޭގެ ކުޑަކުދިންގެ އާބާދީގެ ތަފާސް ހިސާބުތައް އާއްމުކޮށްފައެވެ. އެގޮތުން ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ މުޅި ރާއްޖޭގެ ޖުމުލަ އާބާދީގެ 21.8 އިންސައްތަ އަކީ ކުޑަކުދިންނެވެ. ކުޑަކުދިންގެ އާބާދީ އަކީ 131،154 އެވެ. އެއީ 68،396 ފިރިހެން ކުދިންނާއި 62،758 އަންހެން ކުދިންނެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން އާއްމުރި ހިސާބުތައް ދައްކާގޮތުން ކިޔަވާ އުމުރުގެ ކުދިންގެ ތެރެއިން ކިޔަވަން ދަނީ 99،300 ކުދިންނެވެ. ކިޔަވާ ކުދިންގެ ތެރެއިން އެންމެ ގިނައީ އަންހެން ކުދިންނެވެ. އެހެންމަވެސް ތުއްތު ކުދިންގެ އާބާދީގެ ތެރެއިން ގިނައީ ފިރިހެން ކުދިންނެވެ.

your imageއިއްޔެ ފާހަގަކުރު ކުޑަކުދިންގެ ދުވަހުގެ ތެރެއިން

ރާއްޖޭގެ ކުޑަކުދިންގެ އާބާދީގެ ތެރެއިން 16 އިންސައްތަ ކުދިން ކިޔަވަން ނުދާ ކަމަށާއި އެއްވެސް ކަހަލަ ތަމްރީނެއް ވެސް ނުހަދާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ހިސާބުތަކުން ދައްކައެވެ. އެހެންނަމަވެސް 15-17 އަހަރާ ދެމެދުގެ ކުޑަކުދިންގެ އާބާދީގެ ތެރެއިން ކޮންމެ ހަ ކުއްޖަކުން އެއް ކުއްޖަކު މަސައްކަތްކުރާކަމަށް ސްޓެޓިސްޓިކްސް ބިއުރޯ ތަފާސް ހިސާބުތަަކުން ދައްކައެވެ. އެއީ ގާތްގަނޑަކަށް 17،500 ކުދިންނެވެ.

މަސައްކަތް ކުރާ ކުޑަދިންގެ އާބާދީގެ 58 އިންސައްތައަކީ ފިރިހެން ކުދިންނެވެ. އަންހެން ކުދިންގެ ނިސްބަތަކީ 42 އިންސައްތައެވެ. 

މަސައްކަތް ކުރާ ކުޑަކުދިންގެ ތެރެއިން އެންމެ ގިނަ ކުދިން މަސައްކަތް ކުރަނީ ހޯލްސޭލް / ރީޓެއިލް ވިޔަފާރި އާއި ވެހިކަލް މަރާމާރު ކުރުމުގެ ވިޔަފާރީގައިކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ބުނެއެވެ. ދެން އެންމެ ގިނަ ކުދިން މަސައްކަތް ކުރާނީ ކެއިންބުއިމުގެ ހިދުމަތް ދޭ ވިޔަފާރިއާއި އެކޮމޮޑޭޝަންގެ ހިދުމަތް ދޭ ތަންތަނުގައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް