
މިގޮތުން ފުރަތަމަ ޑިގްރީ ސްކީމާއި ސްކޮލަޝިޕް ސްކީމްތަކުގެ ދަށުން ޖުމްލަ 107 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ދަރިވަރުންނަށް ދޫކޮށްފައިވާކަން މިނިސްޓްރީން މިއަދު ހާމަކޮށްފައިވެއެވެ.
މިނިސްޓްރީގެ ފުރަތަމަ ޑިގްރީ ސްކީމްގެ ދަށުން 51 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ދޫކޮށްފައިވާއިރު، ސްކޮލަޝިޕް ސްކީމްތަކުގެ ދަށުން 55 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ދޫކޮށްފައިވެއެވެ. މި ވަގުތު ފުރަތަމަ ޑިގްރީ ސްކީމްގެ ދަށުން 8،327 ދަރިވަރުން ރާއްޖޭގެ އެކި މަރުކަޒުތަކުން މަތީ ތައުލީމު ހާސިލުކުރަމުން ދާއިރު، ސްކޮލަޝިޕް ސްކީމްތަކުގެ ދަށުން 717 ދަރިވަރުން ކިޔަވަމުންދެއެވެ.
ފުރަތަމަ ޑިގްރީ ސްކީމްގެ ދަށުން ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން 5،258 އަކީ އަންހެން ދަރިވަރުންނެވެ. އަދި 3،069 އަކީ ފިރިހެން ދަރިވަރުންނެވެ. މި އަހަރު މިހާތަނަށް ސްކޮލަޝިޕް ސްކީމްގެ ދަށުން ކިޔެވުން ފަށާފައިވަނީ 25 އަންހެން ދަރިވަރުންނާއި 9 ފިރިހެން ދަރިވަރުންނެވެ. ޖުމްލަކޮށް ބަލާއިރު މި ވަގުތު 9،044 ދަރިވަރުން ދަނީ މަތީ ތައުލީމު ހާސިލުކުރަމުންނެވެ.