ads
މޫސުން ގޯސް ދުވަހެއް
ހުޅަނގު މޫސުމުގެ ބާރުގަދަވަނީ، ކުރިޔަށް 3 ދުވަހު މޫސުން ގޯސް
ކުރިޔަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެތީ މޫސޫމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރައިން އިލްތިމާސްކޮށްފިއެވެ.
Advertisement

މެޓް އޮފީހުން ބުނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ލަފާކުރެވޭތީ ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެކަމަށެވެ. އެގޮތުނއ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. އެހެންކަމުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

މެޓުން ބުނީ ކުރިޔަށް އޮތް ތިން ދުވަހު ރާއްޖޭގެ ކަނޑުތައް ވެސް ގަދަވާނެކަމަށެވެ. އެހެންވެ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މެޓް އޮފީހުން ބުނީ މިއަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް މިދިޔަ ބުދަދުވަހު ފެށިފައިވާ ކަމަށެވެ. 

ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ މީލާދީ ގޮތުން ބަލާއިރު ގާތްގަޑަކަށް ޖަނަވާރީ މަހުން ފެށިގެން މާރިޗުގެ ނިޔަލަށް އަދި ހުޅަނގު މޫސުމަކީ މޭމަހުން ފެށިގެން ގާތްގަޑަކަށް ނޮވެމްބަރުގެ ނިޔަލަށް ކަމަށެވެެ. 

ހުޅަނގު މޫސުމްގެ އަސަރުތައް އާއްމު ގޮތެއްގައި މޭމަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ފަށާކަމަށް މެޓް އޮފީހުން ބުނެއެވެ. އޭގެ ފަހުން މި މޫސުމުގެ އަސަރު މެދު ރާޢްޖެތެރެއަށް ފޯރައި މޭމަސް ނިމުމުގެ ކުރިން  މުޅި ރާއްޖެއަށް ހުޅަނގު މޫސުމް ފެށިގެންދާކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. 

ހުޅަނގު މޫސުން ފެށުނުކަމަށް ބަލާ މިންގަނޑުތައް

  • ވާރޭ : ދެކުނުގެ އަތޮޅުތަކަށް 25 މިލިމީޓަރު ނުވަތަ އިތުރަށް ވާރޭ ވެހުން 
  • ވައި : ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާއި ދެމެދު ހުރެފައި ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރު މިނުގައި ވައިޖެހުން 
  • މި ދެ ހާލަތު ވިދިވިދިގެން 2 ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުން

މެޓް އޮފީހުން ވަނީ މިދިޔަ 24 އަހަރު ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެ އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށުނު ތާރީހުތައް އާއްމުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް