
މިއަދު މަންމައިންގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ، މަންމައިންގެ ދުވަހުން އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ އެންމެ އަގުހުރި ގުރުބާނީއާއި މައިވަންތަކަމުގެ ލޯބިކަމަށެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ދުނިޔެ ދެކެމުންދާ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައި ތިބި ހަގީގީ ބަތަލުންނަކީ މަންމައިންކަމަށެވެ. އަދި މި އުފާވެރި ދުވަހުގެ ތަހުނިޔާ މަންމައިންނަށް ހެޔޮ ދުއާތަކާއެކު ފޮނުއްވިކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ގިނަ ގައުމުތަކުގައި މަންމައިންގެ ދުވަސް ފާހަގަކުރަނީ މޭ މަހުގެ ދެ ވަނަ އާދިއްތަ ދުވަހުއެވެ. މި ދުވަހަކީ މަންމައިންގެ ދައުރާއި އާއިލާއަށާއި މުޖުތަމައަށް އެބޭފުޅުން ކޮށްދެއްވާ ހިދުމަތްތައް ފާހަގަކުރުމަށް ކަނޑައެޅިފައިވާ ދުވަހެކެވެ. މިގޮތުން 2025 ވަނަ އަހަރު މަންމައިންގެ ދުވަސް މިއައީ މޭ 11 ވަނަ ދުވަހުއެވެ.