ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އުރީދޫ ހިދުމަތް ދިނުމުގައި ކުޑަކުދިން ބައިވެރިވެއްޖެ -- ފޮޓޯ: އުރީދޫ
ކުޑަކުދިންގެ ދުވަސް: އުރީދޫގެ ހިދުމަތުގައި ކުޑަކުދިން
އިއްޔެ ފާހަގަކުރި ކުޑަކުދިންގެ ދުވަސް ފާހަގަކުރަން ހިންގި ހަރަކާތުގައި, އުރީދޫގައި ދެ ގަޑިއިރު ވަންދެން ކުޑަކުދިން ހިދުމަތް ދީފި އެވެ.
Advertisement

އިއްޔެގެ ހެނދުނު 10:00 އިން މެންދުރު 12:00 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ބައިވެރިވި ކުދިން ވަނީ ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި އެކި ގޮތްގޮތުން ހަރަކާތްތެރި ވެފަ އެވެ. އުރީދޫ އެކްސްޕީރިއަންސް ސެންޓަރަށް ޒިޔާރަތްކުރި ކަސްޓަމަރުންނަށް އެ ކުދިން މަރުހަބާ ކިޔައި، ސުވާލުތަކަށާއި ފޯނު ކޯލްތަކާއި ސޯޝަލް މީޑިއާގައި ކަސްޓަމަރުންގެ މެސެޖުތަކަށް ވެސް ޖަވާބު ދީފައިވެ އެވެ.

އެއީ ޒުވާން ބައިވެރިންނަށާއި ކަސްޓަމަރުންނަށް އުފާވެރިކަމާއި ހިނިތުންވުން ލިބުނު ކަމެއް ކަމަށް އުރީދޫން ބުންޏެވެ. އެފަދަ ހަރަކާތެއް ކުރިއަށް ގެންދިއައީ ކުރިއަށް އޮތް ޖީލު ބާރުވެރި ކުރުވައި އެ ހިދުމަތްތަކަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކަމަށް އުރީދޫން ބުންޏެވެ

އެ ހަރަކާތުގައި ބައިވެރިވި ހުރިހާ ކުދިންނާއި އާއިލާތަކަށް އުރީދޫން ވަނީ ޝުކުރު އަދާކޮށްފަ އެވެ. އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ ކުޑަކުދިންނާއި ޒުވާނުންގެ ވިސްނުން ތަރުބިއްޔަތުކޮށް، އާ ކަންކަން ދަސްކުރެވޭ ފަދަ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ކަމަށް އުރީދޫން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން، އިއްޔެ މާލެ ސަރަހައްދުގެ ފަސް ތަނެއްގައި ވަރަށް ކުލަގަދަކޮށް، ވަނީ ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި، ހުޅުމާލޭ ސެންޓްރަލް ޕާކާއި ވިލިމާލެއާއި، މުހްޔިއްދީން ސްކޫލާއި ރަސްފަންނާއި ހެންވޭރު ދަނޑާއި ޖުމްހޫރީ މައިދާން ހިމެނެ އެވެ.

އެ ތަންތަނަށް ގިނަ އަދަދެއްގެ އާއިލާތަކާއި ކުޑަކުދިން ވަނީ ޒިޔާރަތްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް