ads
މަހާޒް އަދި އަޒްމިރަލްޑާ
ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ޓްރާންސްޕޭރަންޓްވާން ޖެހޭނެ: ލޯ އޭޝިއާ
ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައިގެ ހުރިހާ މަރުހަލާއެއްވެސް ދެފުށް ފެންނާން ޖެހޭނެ ކަމަށާއި، ޝަކުވާތަކަށް ހައްލެއް ލިބެންދެން، ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މަޑު ކުރުމަށް ލޯ އޭޝިއާ ފައުންޑޭޝަނުން ގޮވާލައިފިއެވެ.
Advertisement

އޭޝިއާ ސަރަހައްދުގެ ގާނޫނީ ވަކީލުންގެ ޖަމިއްޔާތަކުގެ އެންމެ އިސް ފަރާތުގެ ގޮތުގައބަލާ ލޯ އޭޝިއާ އިން ނެރުނު ބަޔާނެއްގައިވަނީ އެކި ފަރާތްތަކުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ލިބެންދެން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރަން ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތް މަޑުޖައްސާލަން ގޮވާލާފައެވެ.

ލޯއޭޝިޔާގެ ބަޔާނުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ބާ ކައުންސިލުން އެ މައްސަލައިގައި ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ލިބުމުގެ ކުރިން ފަނޑިޔާރުން ވަކި ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދިޔުމަށެވެ.

ފަނޑިޔާރުން ވަކި ކުރުމުގެ ހުރިހާ މަރުހަލާއެއްގައި ދެފުށް ފެންނަންޖެހޭ ކަމަށް ވެސް ލޯއޭޝިޔާއިން ބުންޏެވެ. އަދި ފަނޑިޔާރުން ވަކި ކުރަން ގެންގުޅޭ އުސޫލަކީ އިންސާފު، އަދުލުވެރި އުސޫލެއްކަން ކަށަވަރު ކުރަން ވެސް އެ ޖަމިއްޔާއިން ގޮވައިލި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް