
ރައީސް ޔާމީން އިއްވެސް ހުންނަވާ އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ކިތަންމެ ހިތްހަމަނުޖެހުނަސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށްވުރެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން މާ ރަނގަޅު ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ މިދިޔަ ވެރިކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ބެއްލެވި ހަމަތަކާއި ހިފެހެއްޓީ ހަމަތަކެއް ހުރިކަމަށެވެ. އެހެންނަމަވެސް މި ސާރުކާރުން ފެންނަނީ އެ ހުރިހާކަމެއް ދޫކޮށްލާފައިވާތަންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ މިދިޔަ އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގައި ހަމަތަކުގައި ހިފަހައްޓައި ގާނޫނީ ވެރިކަމެއް ކުރަން އިސްކަން ދެއްވި ކަމަށެވެ. އެހެންނަމަވެސް އެއިން އެއްވެސްކަމެއް މި ވެރިކަމުގައި ނެތްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އަންނަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔަމުންނެވެ.