ads
ރައީސް ޑރ. މުއިއްޒާއި ބޮޑުވަޒީރު މޯދީ ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން: ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކޯ-ގްރޫޕެއް އެކުލަވާލަން ވަނީ ނިންމާފައި - ފޮޓޯ:ބޮޑުވަޒީރު މޯދީ
އިންޑިއާގެ 50 މިލިއަން ޑޮލަރުގެ ލޯން ދެއްކުން އަނެއްކާ ވެސް ފަސްކޮށްދީފި
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލު ދެއްކުމުގެ މުއްދަތު އަނެއްކާވެސް އިންޑިއާ ސަރުކާރުން ފަސްކޮށްދީފިއެވެ.
Advertisement

ލޯން ދައްކަން ޖެހޭ މުއްދަތު ފަސްކޮށްދިންކަން އިއުލާންކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއެވެ. މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ ލޯން ދެއްކުން އަނެއްކާވެސް ފަސްކޮށްދިނުމުން އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލު ދެއްކުމުގެ މުއްދަތު އިތުރު އަހަރަކަށް ފަސްކޮށްދިނުމަށް މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގައިވެސް އިންޑިއާއިން ވަނީ ނިންމާފައެވެ. 

އެސްބީއައި އިން ގަތް ޓްރެޝަރީ ބޮންޑަކީ ކުރީ ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު 2019 ގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ގަތް ބޮންޑެކެވެ. އެގޮތުން ފަހަރަކު 50 މިލިއަން ޑޮލަރު މަގުން ގަތް ޖުމްލަ 200 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑު އެސްބީއައި އިން ގަނެފައިވެ އެވެ.

މި ބޮންޑުތައް ކުރީ ސަރުކާރުގައި ކޮންމެ އަހަރަކު ރޯލްއޯވާ ކުރަމުން އައީ އިންޑިއާ ސަރުކާރުން އިންޓްރެސްޓް ދައްކާ ގޮތަށެވެ. ނަމަވެސް މި ސަރުކާރުން ވަނީ ނިމުނު ޖެނުއަރީގައި މީގެ ތެރެއިން 50 މިލިއަން ޑޮލަރު އަނބުރާ ދައްކާފަ އެވެ.

ބާކީ ހުރި 150 މިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރުކުރަން އިންޑިއާ ސަރުކާރުގައި ރާއްޖޭން އޮތީ އެދިފަ އެވެ. އޭގެ ތެރެއިން 50 މިލިއަން ޑޮލަރު ރޯލްއޯވާ ކޮށްދިނީ މެއި 13, 2024, ގަ އެވެ. މިއަދު ރޯލްއޯވާ ކޮށް މިއަދު ދައްކަން ޖެހޭ 50 މިލިއަން ޑޮލަރުގެ ޕޭމަންޓެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް