ފައިސަލް ބުނީ، އެ ކައިވެނި ކުރަން މަސައްކަތްކުރި މީހާ އޭނާގެ މަންމަގެ ބޮޑުދައިތައެއްގެ ދަރިއެއް ކަމަށާއި، އޭނާ އެ ކައިވެންޏަކަށް ބޭނުންނުވާ ކަމަށެވެ. އޭނާ ކައިވެންޏަށް ދެކޮޅު ހެދުމުން މަންމަ ވަރަށް ބޮޑަށް ރުޅިއައި ކަމަށް ފައިސަލް ބުންޏެވެ.
އަދި އާއިލާއިން އޭނާގެ ސިއްހަތު ރަނގަޅު ނޫން ކަމަށް ދެކިގެން ގެއަށް ލައި ބަންދުކުރި ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. އޭނާގެ ބޭބެ އާމިރު ހާން ވެސް އޭނާ ޑޮކްޓަރުންނަށް ދައްކައި، އޭނާގެ ނަފްސާނީ ހާލަތު ރަނގަޅު ނޫން ކަން ސާބިތުކުރަން މަސައްކަތް ކުރި ކަމަށް ފައިސަލް ތުހުމަތުކުރި އެވެ.
ފައިސަލް ބުނީ މިހުރިހާ ކަމެއްގެ ސަބަބުން އޭނާއަށް ވަރަށް ބޮޑަށް ހިތްދަތިވި ކަމަށެވެ. މިހާރު އޭނާ އާއިލާއާ ދުރުގައި ދިރިއުޅެން ނިންމާފައިވަނީ ހަމަޖެހިގެންނާއި އުފަލުގައި ދިރިއުޅުމަށް ކަމަށް ވެސް ރިޕޯޓް ތަކުން ބުނެ އެވެ.