
ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން ރައީސް ޑރ. މުއިއްޒު ހާއްސަ ރިޔާސީ ކޮމިޝަނެއް އުފެއްދެވީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އޭރު ކޮމިޝަންގައި ހިމެނި ތިން މެމްބަރުންގެ ތެރެއިން ޑރ. މުހައްމަދު ހަބީބް ކޮމިޝަނުން އިސްތިއުފާދެއްވުމުން އަލުން ކޮމިޝަނަށް ބަދަލު ގެންނަވާ ޖެހިގެން އައި ދުވަހު އެކުލަވާލިއެވެ.
ރައުދަކީ ޔުމްނު ވެއްޓުނު ރޭ އޭނާއާއި އެކު އުޅެނިކޮށް މިހާތަނަށް ފުޓޭޖްތަކުން ފެނިފައިވާ ހަމައެކަނި ފަރާތެވެ. ފުލުހުން ޒިލާލް ހައްޔަރުކުރީ މި މައްސަލައިގައި ތަހުގީގައި ގުޅިގެން ފުލުހުންނަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ހާދިސާތައް ހިނގިތާ ހަފްތާއެއް ފަހުންނެވެ.
ޔުމްނު ވެއްޓުނި ހާދިސަ ތަހުގީގުކުރަމުން އަންނަ ރިޔާސީ ކޮމިޝަނުން ބުނީ އެކޮމިޝަނުން މިއަދު ރައުދު އަހްމަދު ޒިލާލާ ބައްދަލުކޮށް، ހާދިސާއާ ގުޅޭގޮތުން ސުވާލުކޮށްފައިވާކަމަށެވ.
ކޮމިޝަނުން އިއްޔެ ބުނީ ޔުމްނު ވެއްޓުނު ހާދިސާ އާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށްފައިވާކަމަށެެވެ. އަދި އެ ހާދިސާ ގުޅުންހުރި އިދާރާތަކުގެ ކަމާބެހޭ މުވައްޒަފުންނާ ބައްދަލުކޮށް މައްސަލައާ ގުޅުންހުރި ފަރާތްތަކުން މައުލޫމާތު ސާފުކުރަން ފަށާފައިވާކަމަށް އިއްޔެ ކޮމިޝަނުން ވަނީ ބުނެފައެވެ.