ads
އެމްޓީސީސީގެ އެމްޑީ ސައުދީ: އެމްޓީސީސީން ބުނި ގޮތުގައި، އެހެން އެއްވެސް ބަޔަކު ކާސްޓްރޯލް މަރުކާގެ ތަކެތި ރާއްޖެ އެތެރެކޮށް ވިއްކުމަކީ ރާއްޖޭގެ ގާނޫނާ ހިލާފު ކަމެއް
ކާސްޓްރޯލްގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރަކީ އެމްޓީސީސީ
ކާސްޓްރޯލްގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރަކީ އެމްޓީސީސީ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
Advertisement

އެމްޓީސީސީން ސޯޝަލް މީޑިއާގައި ބުނި ގޮތުގައި، އެހެން އެއްވެސް ބަޔަކު ކާސްޓްރޯލް މަރުކާގެ ތަކެތި ރާއްޖެ އެތެރެކޮށް ވިއްކުމަކީ ރާއްޖޭގެ ގާނޫނާ ހިލާފު ކަމެކެވެ.

އެމްޓީސީސީއިން ވަނީ ކަސްޓަމަރުންނަށް އޮޅޭފަދަ ގޮތަކަށް އެއްވެސް ފަރާތަކުން ކާސްޓްރޯލް ވިއްކާކަމުގެ ދޮގު މައުލޫމާތު ހިއްސާނުކުރުމަށް ވެސް ކުންފުނިތަކަށް އިލްތިމާސްކޮށްފަ އެވެ. އަދި އެގޮތަށް އަމަލުކުރުމަކީ ވިޔަފާރީގެ ރޫހާ މުޅީން ހިލާފު ކަމެއް ކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ.

"ކާސްޓްރޯލް ސިންގަޕޯ ޕްރައިވެޓް ލިމިޓެޑާއި މި ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، އެމްޓީސީސީއަކީ ރާއްޖޭގެ ކާސްޓްރޯލް ސޯލް ޑިސްޓްރިބިއުޓަރު ކަމުގައި ދަންނަވަމެވެ،" އެމްޓީސީސީން ބުންޏެވެ.

އެ ކުންފުނިން ވަނީ އެއްވެސް ކުންފުންޏަކުން އެ ކުންފުނީގެ ވިޔަފާރިއަށް ގެއްލުންވާނެ ގޮތަށް އަމަލުކުރިކަން ކުންފުނީގެ ސަމާލުކަމަށް އައިސްފިނަމަ، އެކަން ކުށްވެރިކޮށް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ އިތުރުން އެމްޓީސީސީގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ގާނޫނީ ތަރަހައިގެ ތެރެއިން އެޅެންއޮތް އެންމެ ހަރުކަށި ފިޔަވަޅެއް އެ ފަރާތާ ދެކޮޅަށް އެމްޓީސީސީއިން އަޅާނެކަމަށް ބުނެފަ އެވެ.

އެމްޓީސީސީން ވަނީ، ކަސްޓަމަރުންނަށް އޮޅޭ ފަދައިން އެއްވެސް ފަރާތަކުން ކާސްޓްރޯލް އެތެރެކޮށް، ވިއްކާ ކަމުގެ ދޮގު މައުލޫމާތު ހިއްސާ ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ. އެމްޓީސީސީއިން ވަނީ އެހެން ކުންފުނިތަކުން ވިއްކަމުންދަނީ ކާސްޓްރޯލްގެ ނަކަލު އުފެއްދުންތަކެއްކަމުގެ ފުރުސަތު ވެސް ބޮޑުކަމަށް ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް