ads
ކުރިން ރާއިސް ޔާމިންގެ މައްޗަށް އިއްވި ޖަލު ހުކުމް ބާޠިލުކޮށް ސުޕްރީމް ކޯޓުން އެމަނިކުފާނު މިނިވަންކުރި ދުވަހުގެ ތެރެއިން : ފޮޓޯ: ޕީއެސްއެމް
ޔާމީން ވެރިކަމުގައި ހޯދި ލޭންޑިން ކްރާފްޓްތަކާއި ޑްރެޖަރުތައް ވީތަނެއް ނޭނގޭ
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހޯދި ލޭންޑިން ކްރާފްޓްތަކާއި ޑްރެޖަރުތަކާއި އެހެނިހެން ތަކެއްޗަށް ވީގޮތެއް ނޭނގޭކަމަށް ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު މިކަން ހާމަކުރެއްވީ ށ. ކަނޑިތީމުގެ ނެރު ފުންކުރުމުގެ މައްސަލައާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައެވެ.

މިނިސްޓަރު ވިދާޅުވީ ނެރު ފުންކުރުންފަދަ މަސައްކަތްތަކަކީ ޕަބްލިކްސްވޯކުން ކުރަމުން އައި މަސައްކަތްތަކެއް ކަމަށާއި، ނަމަވެސް މިހާރު އެ އިދާރާގައި މަސައްކަތްތައް ކުރަން އެކަށީގެންވާ ވަސީލަތްތައް ނެތްކަމަށެވެ. 

"ރައީސް ޔާމީން ސަރުކާރުގައި ޕަބްލިކް ވޯކްސްއަށް ހޯދާފައި ހުރި ޑްރެޖަރުތަކާއި ލޭންޑިން ކްރާފްޓްތަކާއި އެކްސްކަވޭޓަރުތަކާއި، މި އެއްޗެތި ވީ ތަނެއްވެސް ނޭނގޭ" ކަމަށް މުއްތަލިބު ވިދާޅުވިއެވެ.

އެތަކެތި ނެތުމުން ޕަބްލިކް ވޯކްސްގެ މަސައްކަތްތައް ކުރުމުގެ ގާބިލުކަން ވަރަށް ބޮޑަށް ދަށްވެފައިވާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ރަށްރަށުގެ ނެރުފަދަ ތަންތަން ފުންކުރުމުގެ މަސައްކަތްތައް ކުރުމަށް ދަތިތަކާ ކުރިމަތިވެފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް