
އެމްޑީޕީގެ ފަރާތުން އެ ބައްދަލުވުނުގައި ބައިވެރިވެވަޑައިގެންނެވީ އެ ޕާޓީގެ ރައީސް އަބްދުالله ޝާހިދު އާއި ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު، މީކާއިލް އަހުމަދު ނަސީމާއި ކުރީގެ މަޖިލިސް މެމްބަރު ހުސެއިން ޝަމީމްއެވެ.
އެމްޑީޕީން ބުނީ މި ބައްދަލުވުމުގައި ރާއްޖޭގައި ޑިމޮކްރަސީ ފަހަތަށް ދާން ފަށާފައިވާ ގޮތުގެ ތަފްސީލުތައް ކޮމަންވެލްތާއި ހިއްސާކުރިކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ސަރުކާރު މެމްބަރުންގެ ފުރިހަަމަ ބައިވެރިވުމާއެކު ޝަރުއީ ނިޒާމު ހިސާރު ކުރުމުގެ މަސައްކަތް ރޯމާ ދުވާލު ސަރުކާރުން ކުރަމުންދާ ކަމުގެ ކަންބޮޑުވުންތައް ހިއްސާކުރިކަމަށްވެސް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީގެ ޓީމަކުން ކޮމަންވެލްތާއި ބައްދަލުކޮށްފައި މިވަނީ ސުޕްރީމްކޯޓުގެ ދެ ފަނޑިޔާރުންކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމާ އެމައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ނިންމާފައިވަނިކޮށެވެ.
ދެ ފަނޑިޔާރުން ވަކިކުރަން ކޮމެޓީން ނިންމީ އެ ފަނޑިޔާރުންގެ ދިފާއުގައި ކޮމެޓީގައި ވާހަކަ ދެއްކުމަށް އެދިފައިވަނިކޮށް އެ ފުރުސަތުވެސް ދިނުމެއްނެތިއެވެ.