މީގެ ކުރިންވެސް ތިން ފަހަރެއްގެ މަތިން މި އެކައުންޓް ވަނީ ސަސްޕެންޑްކޮށްފައެވެ.
އެނގިފައިވާ ގޮތުން "ހަސަން ކުރުސީ" އެކައުންޓް ރޭ ސަސްޕެންޑްކުރީ ދިވެހި ފުލުހުން ކުރި ރިޕޯޓަކާއި ގުޅިގެންނެވެ. އެހެންކަމުން މިހާރު އެ ކައުންޓުންކޮށްފައިވާ އެއްވެސް ޕޯސްޓެެއް ނުފެނެއެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާ ސަރުކާރާއި ގުޅުންހުރި ބައެއް ލިޔެކިޔުންތައްވެސް ލީކުކުރަމުން އަންނަ "ހަސަން ކުރުސީ" ގެ އެކައުންޓް ސަސްޕެންޑްކޮށްފައި މިވަނީ ސަރުކާރުގެ ވަޒީރުން އެ އެކައުންޓް އަންފްލޯކުރަން އެނގިކަމަށް ބުނެ ވާހަކަތައް ފެތުރިފައިވަނިކޮށެވެ. އަދި ބައެއް ވަޒީރުން އެ އެކައުންޓް ބްލޮކް ކުރިކަން ދައްކައިދޭ ސްކޜިން ޝޮޓްތަކެއް އިއްޔެ ވަނީ އެ އެއެކައުންޓްގައި ޕޯސްޓްކޮށްފައެވެ.
މި އެކައުންޓަކީ ސަރުކާރާއި ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ކިޔަމުން އަންނަ އެކައުންޓެކެވެ. ސަރުކާރުގެ ކޮރަޕްޝަންތައް ކަމަށް ބުނެ ބައެއް ލިޔެކިޔުންތައްވެސް އާއްމުކުރަމުން އަންނަ މި އެކައުންޓުން އަންނަނީ ބައެއް މީހުންގެ ޒާތީ ދިރިއުޅުމާއި ބެހޭ މައުލޫމާތުތައްވެސް އާއްމުކުރަމުންނެވެ.
މި ފަހަރު މި އެކައުންޓް ސަސްޕެންޑްކުރި ކީއްވެ ކަމެއް ނޭގެއެވެ.
ކުރުސީ އަކީ ކާކުން އެނގޭކަމަށް ރާއްޖެ އަދި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަ ރަޝިޔާގެ އެމްބެސެޑަރު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.