ads
އަލްހާން ފަހުމީ
އަލްހާނާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ކުރާ 13 ދައުވާ ކުރިއަށް ގެންދެވޭނެ: ހައިކޯޓު
އަލްހާނާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ކުރާ 13 ދައުވާ ކުރިއަށް ގެންދެވޭނެކަމަށް ހައިކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮ، ޝަހުބާން ފަހުމީ އަދި ޝަޒްބާން ފަހުމީގެ މައްޗަށް ދައުލަތުން ކުރާ ޓެކުމުގެ 13 ދައުވާ ކުރިއަށް ގެންދިއުމަށް ހައިކޯޓުން ނިންމީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ކްރިމިނަލް ކޯޓުން މި މައްސަލައިގައި މި އަހަރުގެ ފެބްރުއަރީ 11 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި އެ ތިން މީހުންގެ ފަރާތުން ކުންފުންޏާބެހޭ ގާނޫނާ ހަވާލާދީ ދައުވާތައް ބޭރުކޮށްދިނުމަށް އެދިފައިވެއެވެ. އަލްހާންގެ ވަކީލު އަލީ ސައީދު ބުނީ ދައުލަތުން އޭނާގެ މުވައްކިލުގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބަޔާންކޮށްފައިވާ ކަންކަމަކީ ކުންފުންޏަކުން ހިންގި އަމަލެއް ކަމަށެވެ. ކުންފުންޏާ ބެހޭ ގާނޫނުގައިވާ ގޮތުން ކުންފުނިތަކަކީ ގާނޫނީ ވަކި ޝަހުޝެއް ކަމަށާއި ކުންފުންޏަކުން ހިންގާ އަމަލެއްގެ ޒިންމާ އުފުލަންވާނީ އެ ކުންފުނިން ކަމަށް އޭނާ ބުނިއެވެ. އަދި މި މައްސަލައިގައި އަލްހާނަށް ދައުވާ ކުރުމުގެ ބަދަލުގައި ދައުވާކުރަން ޖެހޭނީ ކިންގްސް ކެޕިޓަލްސްގެ މައްޗަށް ކަމަށް އަލީ ސައީދު ބުންޏެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި ބެލެހެއްޓެވި ފަނޑިޔާރު ހުޒައިފާ މުހައްމަދު ހުކުމުގެ ރައުޔުގައި ވިދާޅުވީ ޝަރީއަތުގެ ކުރީގެ މަރުހަލާގައި ހުށަހެޅޭ ހުށަހެޅުންތައް މިނެކިރާނެ ގޮތް ނުވަތަ ވަޒަންކުރާނެ ގޮތުގެ އިރުޝާދު ސުޕްރީމް ކޯޓުގެ ގަޒިއްޔާއެއްގައި ބަޔާންކޮށްފައިވާ ކަމަށެވެ. ފަނޑިޔާރު ވިދާޅުވީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގައި މައްސަލައިގެ މައުލޫއަށް ސީދާ އަސަރުކުރާ ފަދަ ގޮތަކަށް މައްސަލަ ނިންމާ ނަމަ، މައްސަލައިގެ ޝަރީއަތް ފެށެންވާއިރަށް ގޮތެއް ކަނޑައަޅާނެ ކަންކަން ނެތިގެން ގޮސްދާނެތީ ކަމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލުކުރާނެ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި ހުކުމްކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް