ފަނޑިޔާރުން ވަކިކުރަން އުޅޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެޗްއާރުސީއެމުން ބަޔާނެއް ނެރެފައިވަނީ މިވަނީ އެ ދެން ފަނޑިޔާރުން ވަކިކުރިމަށް މަޖިލީހުގެ ތަޅުމަށް ފޮނުވަން ޖުޑިޝަރީ ކޮމެޓީން ނިންމާފައިވަނިކޮށެވެ.
އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕާޓީން ވަކިކޮށް ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ބަލަމުން ދަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑްކޮށް ދެން ހިނގައިދިޔަ ކަންކަމުން އެއީ އެ މައްސަލަ ކުރިއަށް ގެންދަން ހުރަސް އެޅުން ކަމަށް ބެލުމުގެ ފުރުސަތު ބޮޑުކަމަށެވެ.
ޖޭއެސްސީގެ ނިންމުމާ މެދު މަޖިލީހުގެ ކޮމިޓީން އަމަލުކުރި ގޮތާމެދުވެސް އެޗްއާރުސީއެމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގައި ޖަވާބުދާރީވުމުގެ ފުރުސަތަށް ފަނޑިޔާރުން އެދިވަޑައިގަތް ނަމަވެސް އެފަދަ ފުރުސަތެއް ނުދީވާކަން ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުންތައް ވެސް ސިއްރުކޮށްގެން ގެންގޮސް ފަނޑިޔާރުން ވަކިކުރަން ކޮމިޓީން ފާސްކުރި ކުރުންވެސް އެޗްއާރުސީއެމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;