ads
އޭޖީ އަދި އޭސީސީގެ ރައީސް
އޭސީސީގެ ނިންމުމާ ދެކޮޅަށް އޭޖީ ކޯޓުގައި ވަކާލާތުކުރި!
އޭސީސީން ބަލަމުންދާ "ގޮތް ނޭނގޭ" މައްސަލައަކާ ހުރެ، ގާނޫނުތަކާ ގަވައިދުތަކާ އަދި އަމަލު ކުރަމުން އަންނަ ހުރިހާ އިޖުރާތުތަކާ ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑްކޮށް، ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ބަންޑާރަ ނާއިބު އަހްމަދު އުޝާމް އިސްވެ ހުންނަވައި މަސައްކަތް ކުރަމުންދާއިރު، އޭސީސީގެ ނިންމުންތަކާ ދެކޮޅަށް މީގެ ކުރިން ބަންޑާރަ ނައިބުގެ އޮފީހުން ކޯޓުގައި ވަކާލާތުކޮށްފައިވާކަން އެނގިއްޖެއެވެ.
Advertisement

އޭސީސީން ބަލަމުންދާ މައްސަލައެއްގައި ކަމަށް ބުނެ، ކުއްލި ގޮތަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ޖޭއެސްސީން ސަސްޕެންޑްކޮށް ފުރަތަމަ އެކުލަވައިލި ތަހުގީގު ކޮމިޓީގައި އޭޖީ އުޝާމް ހިމެނިވަޑައިގެންނެވިއެވެ. އެކަމަކު އެ ކޮމިޓީން ހުރިހާ މަސައްކަތެއް ކޮށްފައިވަނީ ގާނޫނުގައި ބުނާ އިޖުރާތުތަކާ ހިލާފަށް ކަމަށް، މަޖިލީހުގެ ކައުންސިލް ޖެނެރަލްވެސް ވިދާޅުފައިވާއިރު، އޭޖީ ގެންދަވަނީ ފަނޑިޔާރުން ވަކިކުރުމުގެ ކަންކަން ދިފާއު ކުރައްވަމުންނެވެ.

އޭސީސީން ބަލަމުންދާ މައްސަލައަކަށް ކަމަށްބުނެ، ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ޖޭއެސްސީން ސުޕްރީމް ކޯޓުގެ މަސައްކަތްތައް ހުއްޓުވައިލީ، އެ ކޯޓަށް ހުށަހެޅިފައި އޮތް ދުސްތޫރީ މައްސަލައެއް ހުއްޓުވައިލުމަށެވެ.

އޭސީސީން ބަލަމުންދާ މައްސަލައަކަށް ކަމަށްބުނެ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ސަސްޕެންޑްކޮށްފައި ހުންނަތާ ދެ މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން އޭސީސީއިން އެންގި މައްސަލާގައި އެގޮތަށް އެންގުމުގެ ބާރު އެ ކޮމިޝަނަށް ނޯންނާނެ ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުންވަނީ މީގެ ކުރިން ހައިކޯޓުގައި ވަކާލާތު ކޮށްފައެވެ.

އޭޖީއަކަށް އުޝާމް ހުންނަވައިގެން، މީގެ ކުރިން އޭސީސީގެ ބާރުތަކާ މެދު ކޯޓުގައި ދެކޮޅު ހައްދަވާފައިވާއިރު، އޭސީސީން ފޮނުވި ކޯއްޗެއްކަށްވެސް ނޭނގޭ ސިޓީއަކަށް ތިން ފަނޑިޔާރުން ސަސްޕެންޑްކޮށްފައިވާއިރު، އުޝާމްގެ ސްޓޭންޑް މިކަމުގައިވަނީ މިހާރު ބަދަލުވެފައެވެ.

ސްޓޭންޑް ބަދަލުވުމުގެ އިތުރުން ފަނޑިޔާރުންގެ މައްސަލައިގައި ގާނޫނާ ހިލާފަށް ކުރަމުންދާ ކަންކަން ދިފާއު ކުރުމަށް އުޝާމްވަނީ ސްޓޭޓް ޓީވީގައި ލައިވްކޮށް ފޮނުވަމުންދިޔަ ޕްރޮގްރާމެއްގައި ބޮޑު ދޮގެއްވެސް ހަދާފައެވެ. އަދި އުޝާމްގެ ވާހަކަތަކުން، ފަނޑިޔާރުންނަށް ބިރު ދައްކަން މަސައްކަތްކޮށްފައިވާކަންވަނީ ދޭހަވެފައެވެ. ވެރިކަމުގެ ކުރީކޮޅު، މި ވެރިކަމަކީ ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަށް ނަމޫނާ ވެރިކަމަކަށް ވެގެންދާނެ ކަމަށް ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވިނަމަވެސް އުޝާމް އަދި ސަރުކާރުގެ އަމަލުތަކުން ފެންނަނީ މުޅިން އެކަމާ ދިމާ އިދިކޮޅެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް