ads
ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ
ފިލްޒާގެ ލަފަޔަށް ޖޭއެސްސީގެ ރައީސްގެ ރައްދު
ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ދެއްވި ލަފާ ގޯސްކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހުސެއިން ރިޒާ ވިދާޅުވެއްޖެއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާ ގުޅޭގޮތުން ޖޭއެސްސީއިން ސުލޫކީ މައްސަލައެއް ބަލާފައިވަނީ އިޖުރާއަތު ފުރިހަމަ ނުކޮށް، ގާނޫނާ ހިލާފަށް ކަމަށް ފިލްޒާ ވިދާޅުވެފައިވާތީއެވެ.
Advertisement

ދެ ފަނޑިޔާރުން ވަކިކުރުމާ ގުޅޭގޮތުން ޖޭއެސްސީން ފޮނުވާފައިވާ މައްސަލައަށް މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރައްވަމުން މާފުށީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ރިޒާ ވަނީ ތަހުގީގު ހިންގުމުގައި ޖޭއެސްސީން އަމަލުކުރި ގޮތް ދިފާއު ކުރައްވައިފައެވެ.

your imageރިޒާ އަދި ޖޭއެސްސީ މެންބަރު އަލީ ލަތީފު

ރިޒާ ވިދާޅުވީ "ފަނޑިޔާރުންގެ މައްސަލަ ބަލަން ނިންމޭނީ ހަމައެކަނި މައްސަލަ ބެލުމާ މެދު ގޮތް ނިންމާ ކޮމިޓީއަށް ކަމަށް ފިލްޒާ ވިދާޅުވެފައިވަނީ ގޯސް މާނަ ކުރުމެއްގެ ތެރެއިން،" ކަމަށެވެ.

ޖޭއެސްސީގެ ގާނޫނުގައި ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް ނުބެލުމުގެ ބާރާއި މުރާޖައާ ކުރުމުގެ ބާރު ކޮމިޝަނަށް ލިބޭކަމަށާއި، ގާނޫނުގެ 23 ވަނަ މާއްދާގެ (ހ)ގައި މައްސަލައެއް ބެލުމާ ގުޅޭގޮތުން ކޮމިޓީ ނުވަތަ ކޮމިޝަނުން ގޮތެއް ނިންމިދާނެ ކަމަށް ބަޔާންކޮށްފައިވާކަމަށް ރިޒާ ވިދާޅުވިއެވެ. އެހެންކަމުން ފަނޑިޔާރު މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާގެ މައްސަލަ ބަލަން ކޮމިޝަނުން ނިންމާފައިވަނީ އެ ކޮމިޝަނަށް ލިބިދޭ އިހްތިޔާރީ ބާރުގެ ހުދޫދުގެ ތެރެއިން ކަމަށާއި މައްސަލަ ބެލުމުގައި ޖޭއެސްސީން އެއްވެސް އިޖުރާއަތާ ހިލާފުވެފައިނުވާ ކަމަށް ރިޒާ ވިދާޅުވިއެވެ.

ރިޒާ އިތުރަށް ވިދާޅުވީ ތިން މެންބަރުން ހިމެނޭ ކޮމިޓީއަކުން ގޮތެއް ނިންމުމަށް ވުރެ، 10 މެންބަރުން ހިމެނޭ ކޮމިޝަނުން ގޮތެއް ނިންމުމަކީ މާ އަދުލުވެރި ގޮތެއްކަމަށެވެ. އަދި ކޮމިޝަނުން ގޮތް ނިންމާފައިވަނީ ކޮމިޓީގެ ތިން މެންބަރުންގެ ވޯޓާ އެކު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެކުރިން ޖޭއެސްސީން އަމަލުކުރާ ގޮތަށް ބަލާއިރު ވެސް ކުޑަ ކޮމިޓީއާ ނުލައި ކޮމިޝަނުން މައްސަލަ ބަލަން ނިންމާފައި އެބަހުރި ކަމަށް ރިޒާ ވިދާޅުވިއެވެ. "މިއަށްވުރެ ހަރުދަނާ އުސޫލުން ނެރެންވާނީ. މި ނުރަނގަޅު އުސޫލުތައް ނެރުނީމަ އޭގެ ނަތީޖާއަކީ ގައުމުގެ ފިތުނަ ފަސާދަ އުފެދިގެން ދިޔުން. މިއީ ހަގީގަތާ ހިލާފަށް ވާހަކަތައް މުޅި މުޖުތަމައުގައި ފެތުރިގެން ދިޔުން. އެހެންވީމަ އަޅުގަނޑުގެ އުއްމީދަކީ ކައުންސިލާ ޖެނެރަލް މިއަށްވުރެ ޒިންމާދާރުވާނެ ކަމަށް," ރިޒާ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް