ads
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ.މަރިޔަމް މާރިޔާ
ކާޅާއި ވާލާއެކު އުޅެން ދަސްކުރަން އެގްރިކަލްޗާ މިނިސްޓަރު ގޮވާލައްވައިފި
ކާޅާއި ވާލާއެކު އުޅެން ދަސްކުރަން ޖެހޭ ކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ގޮވާލައްވައިފިއެވެ.
Advertisement

މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި "އަހާ" ފޯރަމްގައި ވާލާއި ކާޅުގެ އުނދަގޫ ވާ ކަމަށް ބުނެ އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ "ދޫނިސޫފާސޫފި މަރައިގެން ނުވަތަ ނައްތާލައިގެން މައްސަލަ ހައްލުކުރުމުގެ ބަދަލުގައި އެ ތަކެއްޗާއެކު އުޅެން ދަސްކުރަން ޖެހޭ،" ކަމަށެވެ.

މިހާރު ޖެހިގެން އުޅޭ މައްސަލަތައް ޖެހެނީ ދިރޭ ތަކެތީގެ މާހައުލު ރައްކާތެރިކޮށް ނުބެލެހެއްޓުމުގެ ސަބަބުން ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. ދޫނިސޫފާސޫފީގެ ސަބަބުން އާންމުންނަށް އުނދަގުލަކަށް ވެފައިވަނީ އެ ތަކެތި ދިރިއުޅެމުން ދިޔަ ތަންތަން ހަލާކުވުމުގެ ސަބަބުން ކަމަށާއި އޭގެ ސަބަބުން ކާޅާއި ވާލު ގޭގޭގެ ގަސްތަކުގައި ހުންނަ މޭވާ ކާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ ދޫނިސޫފާސޫފީގެ މައްސަލަ ހައްލުކުރުމަށް ގިނައިން ގަސް އިންދުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އައްޑޫގައި ދޮންދީނި ހިމާޔަތްކުރުމަށް އެންވަޔަރަމެންޓް މިނިސްޓްރީ އާއި އީޕީއޭއާ މަޝްވަރާކޮށް މެނޭޖްމަންޓް ޕްލޭނެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އެ ކަން ހައްލު ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް