ސަރުކާރު ހިންގާ ޕީއެންސީގެ ރައްޔިތުން މަޖިލީހުގެ މެޖޯރިޓީން މިއަދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކޮށްފައެވެ.
އެ ނިންމުމާއި ގުޅިގެން މަހާޒް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނަވާ ބޭރުން އައި އެއްވެސް ނުފޫޒަކަށް ބޯނުލަނބައި ނުވާނެކަމަށެވެ.
މަހާޒް ވަނީ އޭނާ ފަނޑިޔާރުކަމުން ގާނޫނާއި ހިލާފަށް ވަކިކުރަން ހިންގި ކަންކަމަށް ދެކޮޅު ހެދި އެންމެނަށް ޝުކުރު އަދާކުރައްވާފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރަން ފެންނަކަމަށް 68 މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ. ދެކޮޅަށް ވޯޓް ދެއްވީ 11 މެމްބަރުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;